ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭވިއޭޝަން ދާއިރާ ކުރިއަރުވަން ރާއްޖެއިން ދޭން ބުނި އެހީ ނުދޭ: ލަންކާ އޭވިއޭޝަން މިނިސްޓަރު

ސްރީލަންކާގެ އޭވިއޭޝަން މިނިސްޓަރު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ އަދި އިންޑިއާއިން ލަންކާގެ އޭވިއޭޝަން ދާއިރާ ކުރިއެރުވުމަށް އެހީތެރިވުމަށް ވެފައިވާ ވައުދުތަކާއި ހިލާފަށް އަމަލުކޮށްފައިވާކަމަށް އެ ގައުމުގެ އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕާލަ ޑިސިލްވާ ވިދާޅުވެއްޖެއެވެ.

ލަންކާގެ ނޫސްތަކަށް ދެއްވި އިންޓަރވިއުއެއްގައި ނިވާލް ވިދާޅުވީ، ރާއްޖެ އަދި އިންޑިއާއިން ވަނީ އެ ގައުމުގެ ޖަފްނާ އަދި ރަތްމަލާނަ އެއަރޕޯޓަށް ފްލައިޓުތައް ފޮނުވުމަށް ބުނެފައިކަމަށެވެ. އަދި އިންޑިއާއިން ޖަފްނާގެ އެއަރޕޯޓަށް ފްލައިޓުތައް ފޮނުވުމުނަށް ބުނެފައިވަނީ އެތަން ބައިނަލްއަގުވާމީ ބަނދަރެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ކުރިންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ނިމާލް ވިދާޅުވީ، އިންޑިއާއިން ފްލައިޓުތައް ފޮނުވާނެކަމަށް ބުނުމާއި އެކު، ސްރީލަންކާގެ ސަރުކާރުންވަނީ ޖަފްނާގެ ވައިގެ ބަނދަރު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކޮށްފައިކަމަށެވެ. އެހެން ނަމަވެސް އެކި ސަބަބުތައް ހުރުމާއި އެކު، އިންޑިއާއިން ވަނީ އެ މަޝްރޫޢު ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފައިކަމަށް އެނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާރު އިންޑިއާއިން ފްލައިޓުތައް ފޮނުވާނެކަމުގެ ޔަގީންކަން ދީފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރަތްމަލާނަ އެއަރޕޯޓަށް އަލިއަޅުވައި ވާހަކަދައްކަވަމުން ނިމާލް ވިދާޅުވީ، އެތަން ތަރައްގީ ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަ ކުރެވިފައިވާކަމަށެވެ. އަދި ރާއްޖެއިންވަނީ އެތަނަށް ފްލައިޓުތައް ފޮނުވާނެކަމަށް ބުނެފައިކަމަށާއި އެހެންނަމަވެސް އެތަން ތަރައްގީ ކުރުމަށްފަހު ހުޅުވުމާއި އެކު، ރާއްޖެއިންވަނީ ދެވަނަ ވިސްނުމަކަށް ގޮސްފައިކަމަށްވެސް އެނާ އިޝާރާތްކުރެއްވިއެވެ.

އެނާ ވިދާޅުވީ، ރާއްޖެއިން ބުނެފައިވާ ބަހާއި ހިލާފުވުމާއި އެކު، މިހާރު އެ އައަރޕޯޓު ބޭނުން ކުރަމުންދަނީ ފްލައިންގް ސުކޫލުގެ ބޭނުމަށާއި ޕްރައިވެޓު ޖެޓުތައް ޖެއްސުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީއަދި ލަންކާގެ ވާހަކަނޫން މިހާރު ވެރިކަމުގަހުރި އިބުރާހިމު ބުނި ކުޅުދުއްފުށި އެއާޕޯޓު ތަރައްގީ ކުރާނީ ތިމަންނައޭ ނަމަވެސް ވެރިކަމުގެ 4 އަހަރު ނިމެނީ އަދި ލައިޓު ކޮޅުޖަހާނުލެވޭ އެތަނައް ބައިވަރު މުވައްޒަފުން ލާފަ ބޮޑުމުސާރަދީފަ ހަފްތާޔަކު 3 ފުލައިޓު ރައްޔިތުން މިދާންޖެހެނީ ބޮޑުހަރަދު ކޮއްފަ ހަނިމާދޫއައް ފެރީގަ ދަންޏާ މުޅިދުވަސް އެކަމުގަ މީ ސަރުކާރުގެ ނާގާބިލުކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: