ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަނގުރޫޓުވެގެން ދިޔަ ލަންކާއަށް އެހީވާން ނަޝީދު އަނެއްކާވެސް އެ ގައުމަށް!

ނަޝީދު ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހް އާއިއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

އިގްތިސާދީ ހާލަތު ދަށްވެ، ބަނގުރޫޓުވެގެން ދިޔަ އަވައްޓެރި ލަންކާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ރޭގެ ވަގުތެއްގައި ރައީސް ނަޝީދު ލަންކާއަށް ފުރާވަޑައިގަތީ އެ ގައުމުގެ އިގްތިސާދީ ހާލަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ސީވީއެފް އަދި ލަންކާ މިޝަންގެ ބައްދަލުވުމަކަށް ކަމަށެވެ. އިގްތިސާދީ ހާލަތުން އަރައިނުގަނެވި، ގައުމު މާލީގޮތުން އިންތިހާއަށް ދަށްވުމުގެ ސަބަބުން އެހެން ގައުމުތަކުން ބޭނުންވާ އެހީތައް ހޯދުމުގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދަށް ދައުވަތު ދެއްވީ އެ ގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެވެ. އޭރު އެނާ ހުންނެވީ ލަންކާގެ ބޮޑުވަޒީރެއްގެ މަގާމުގަ އެވެ.

ލަންކާގެ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރުމަށް، އިސްވެ ހުށަހެޅުއްވީ ރައީސް ނަޝީދެވެ. އެ ދައުވަތު ގަބޫލު ކުރުމުން، ރައީސް ނަޝީދު ވަނީ ލަންކާއަށް ދަތުރު ކުރައްވައި ބައްދަލުވުންތައް ކުރިޔަށް ގެންދަވާފަ އެވެ. މިއީ ސިޔާސީ މަސްރަހާއި ވެސް ގުޅިފައިވާ މައްސަލައަކަށް ވާތީ، ރައީސް ނަޝީދު ވަނީ އެ ގައުމުގެ ސިޔާސީ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނާއި ވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދު ގެންދަވަނީ ލަންކާގެ ސިޔާސީ މަސްރަހު ހަމައަކަށް އެޅުވުމަށް އެ ގައުމުގެ ސިޔާސީ އިސް ފަރާތްތަކާ މަޝްވަރާތަކެއްވެސް ކުރައްވަމުންނެވެ.

ލަންކާގެ ހާލަތު ގޯސްވެފައިވުމާއި، ރައްޔިތުން ގޮޓަބަޔާ އާއިލާގެ ދެކެ ހިތްހަމަނުޖެހި ތިބި ވަގުތެއްގައި ރައީސް ނަޝީދު ލަންކާގެ މަސްރަހާއި ގުޅޭގޮތުން ވާހަކަ ދައްކަވާތީ އެމަނިކުފާނަށް ނުރުހުން ވެސް އަމާޒުވި އެވެ. އެގޮތުން މުޒާހަރާގެ ތެރެއިން ވިކްރަމަސިންހަ ދިރިއުޅެމެން ދިޔަ ގޭގައި ހުޅުޖެހުމާ ގުޅިގެން ރައީސް ނަޝީދު އެކަން ކުށްވެރިކުރައްވައި ޓުވީޓު ކުރުމުން ފާޑުކިއުންތައް އަމާޒުވި އެވެ.

މީގެއިތުރުން ލަންކާގެ ކުރީގެ ރައީސް ގޯތަބަޔާ ރާޖަޕަކްސާ ފިލައިގެން އެ ގައުމުން ބޭރުވުމުގައި ރާއްޖެއިން އެހީވިކަމަށް ބުނެ މީޑިއާތަކުގެ ފާޑުކިއުންތައް އަމާޒުވުން ފާހަގަ ކުރެވެ އެވެ. ލަންކާގެ ބައެއް މަޝްހޫރު ނޫސްވެރިން ވަނީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، ރާޖަޕަކްސާގެ ސްޕޯކްސްޕާސަންގެ ހައިސިއްޔަތުންތޯ ވެސް ސުވާލު އުފައްދާފަ އެވެ. ރާޖަޕަކްސާ އިސްތިއުފާ ދިންކަން ރަސްމީކޮށް އިދާރާތަކުން އިއުލާނު ނުކުރަނީސް ރާއްޖެއިން އޭނާ ފުރައިގެން ދިއުމުން ޓުވީޓު ކުރެއްވީ ރައީސް ނަޝީދެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: