ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިހާދު، ހަސަން ލަތީފަށް: ބަރުލަމާނީ ވަޒީރުކަން ނުލިބުމުން ސަރުކާރު ވައްޓާލަން ނިކުންނާކަށް ނުޖެހޭ!

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން އަމިއްލަ އަށް ހަދާ ގޯސްތަކުގެ ސަބަބުބް މިދަނޑިވަޅުގައި ރައްޔިތުންގެ އަތުން ޓެކްސް ނެގުމަށް ތާއީދު ނުކުރާ ކަމަށް  ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު  އެކަމަށް ރައްދު ދެއްވައިފިއެވެ.

ޓެކްސް ބޮޑުކުރުމާއި ދެކޮޅަށް މަޖިލީހުގެ ކޮމިޓީގައި ހަސަން ލަތީފް ދެއްކެވި ވާހަކަ ހިއްސާކޮށް ވިދާޅުވެފައި ވަނީ ސަރުކާރުން ތަކުރާރުކޮށް ކަންކަން މިސްމެނޭޖް ކުރަމުން ދިއުމާއި ސަރުކާރުން ކުރަމުންގެންދާ ބޭކާރު ހަރަދުތަކުގެ ސަބަބުން ދައުލަތަށް ވަމުންދާ ގެއްލުން ފޫބެއްދުމަށް އެކަމުގެ ބުރަ ރައްޔިތުން އުފުލުމަށް ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ހަސަން ލަތީފްގެ ވާހަކަތަކުގެ ރައްދުގައި ނިހާދު ވިދާޅުވެފައި ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް އެނިޒާމުގެ ތެރެއިން ވަޒީރުކަމަށް އިންތިޒާރު ކުރި ބޭފުޅުންނަށް އެކަން ނުވުމަކީ ވެރިކަން ވައްޓާލުމަށް ދިމާކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނިހާދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ކުރާ އުއްމީދު ދޫކޮށް ވެރިކަން ވައްޓާލަން ދާ ހިސާބަށް އަދި ދާން ނުޖެހޭ ކަމަށެވެ.

ދުނިޔޭގެ އިގްތިސާދަށް އަންނަ ހީނަރުކަމާއި ތަދުމަޑުކަމާއިއެކު ރާއްޖޭގެ އިގްތިސާދަށް އެކަމުގެ އަސަރުކޮށް އަންނަ ބަދަލުތައް ރައްޔިތުންނަށް އެނގުމަކީ މުހިއްމު ކަމެއް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ހާއްސަކޮށް މި ދަތި ދަނޑިވަޅުގައި ޓެކްސް ބޮޑުކުރާއިރު އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާނެ އަސަރުތައް އަންގައިދިނުމަކީ ސަރުކާރުގެ ފަރާތުން ކުރަންޖެހޭ މުހިއްމު ކަމެއް ކަަމަށްވެސް މެމްބަރުން ވަނީ މަޖިލީހުގައި ބިލަށް ކުރެވުނު ބަހުސްގައި ފާހަގަ ކޮށްފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށައެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ 12 އިންސައްތަ އިން 16 އިންސައްތަ އަށް ބޮޑުކޮށް، ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑުކުރުމަށެވެ.

މި އިސްލާހު ފާސްކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުން މުހިއްމު ކަމަށާއި މިކަން ކުރުމަށް މިއީ އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: