ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ދަ ލީޑަރ އިން މީ“ ގެ އަމާޒަކީ ދަރިވަރުންގެ ކިބައިގަ ރަނގަޅު ސިފަތައް ޖެއްސުން: މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ގައިގައި އެށަގެންނެވުމަށް ބާރު އަޅާ އަގުތަކަކީ، އަމިއްލަ ނަފްސާ  ގުޅުން ހުރި އަގުތައް، އާއިލާ އަދި އަނެކުންނާއި ގުޅުންހުރި އަގުތަކާއި ގައުމާއި ބައިނަލްއަގުވާނީ މުޖުތަމައާއި ގުޅުން ހުރި އަގުތަކުގެ އިތުރުން ތިމާވެއްޓާއި ގުޅުން ހުރި އަގުތައް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ދަރިވަރުންގެ ގައިގައި ރިވެތި އަޚުލާޤާއި ދިވެހި އިސްލާމީ މުޖުތަމަޢުއަށް ފައިދާހުރި ކުއްޖަކަށްވުމަށް ބޭނުންވާ އަގުތައް އަށަގެންނެވުމަށް ފަށާފައިވާ ”ދަ ލީޑަރ އިން މީ“ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ގައުމީ މަންހަޖުގައި ހިމެނިފައިވާ އަގުތައް ދަރިވަރުންގެ ގައިގައި އަށަގެންނެވުމަށް ސުކޫލުތަކުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް އެޅުންކަމަށެވެ.

މިނިސްޓަރު ވިދާލުވީ، ތެދުވެރިވުމާއި އިތުބާރުކުރެވޭ މީހަކަށްވުމާއި ނަޒާހާތްތެރިކަމާއި ދީނުގެ ރިވެތި ރިސާލަތުގެ މަތީގައި ދެމިތިބުންފަދަ ނަފްސާ ގުޅޭ އަގުތަކުން ދަރިވަރުންނަށް ނަފްސަށް އަޅާލާ އިހުތިރާމްކުރެވޭކަމަށެވެ. އަދި ކާމީޔާބީ އާއި ދިމާލަށް ދަތުރުކުރުމަށް ބާރުވެރިވާކަމަށްވެސް ވިދާޅުވިއެވެ.

އަނެކާއާއި ގުޅުން ހުރި އަގުތަކުގެ މުހިންމު ކަމަށް އަލިއަޅުވައި މިނިސްޓަރ ވިދާޅުވީ، އެ އަގުތައް ދަސްވުމުން އިހުތިރާމާއި ލޯތްބާއި އެކު، މުޖުތަމައަށް ހިދުމަތް ކުރުމުގައި ދެމިތިބުމަށް ދަސްވެގެންދާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މުޖުތަމައުގެ ހަރަކާތްތަކުގައި ބައިވެރިވުމާއި އިޖުތިމާއި ރިވެތި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަތުމުން އެހެން މީހުންނާއި ގުޅިގެން ދުނިޔޭގެ ކޮންމެ ތަކެއްގައިވެސް ކާމިޔާބު ކަމާއި އެކު، ދިރިއުޅުމަށް މަގުފަހިވެގެންދާކަމަށެވެ. އަދި ތިމާވެއްޓަށް ރައްކައުތެރިވެ އެކަމަށް ލޯބިޖެއްސުމުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ގައުމިއްޔާތު ދަމަހައްޓަން ދަރިވަރުން ފައްކާ ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: