ދިރާގުގެ އަޕްގްރޭޑަޑް ސަޅި މަންތުލީ 2ޖީބީ އެޑް-އޮންއާއިއެކު ކަސްޓަމަރުންނަށް މިހާރު އިތުރު ޑެއިލީ ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.
މި އައު އޮފާރއާއި އެކު ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް ދުވާލަކު އަށް ޖީބީ ޑެއިލީ ޑޭޓާ 745 ރުފިޔާ އަށް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
މަހަކު ޖުމްލަ 240 ޖީބީ ލިބޭ މި ސަޅި މަންތުލީ 2ޖީބީ އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ ”S2GB30″ ޖަހާފައި 343 އަށް އެސްއެމްއެސްއެއް ކޮށްގެންވެސް ނެގޭނެއެވެ.
ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށްވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް އެކުންފުނިން ވަނީ ބުނެފައެވެ.

