ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިއުނިޓީ ފާރމިންގް ޕްރޮޖެކްޓުގެ މަގުސަދަކީ ރާއްޖޭގެ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުން: ހާރޫން

އެގްރޯނެޓުގެ އެމްޑީ ހާރޫން ރަޝީދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިޓީ ފާރމިންގް އުސޫލެއް ތައާރަފް ކުރުމުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރު ހަރުފަތަކަށް ގެންދިއުންކަމަށް އެގްރޯނެޓްގެ މެނޭޖިންގް ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ބޮލި“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހާރޫން ވިދާޅުވީ، ސަރުކާރުން ގެންގުޅެމުންދާ ވިސްނުމަކީ، ރާއްޖެއަށް ދަނޑުވެރިކަމުގެ ބާވަތްތައް އެތެރެ ކުރަމުންދާ އަދަދުތައް 50 އިންސައްތައިން ދަށް ކުރުންކަމަށެވެ. އެހެންކަމުން އެ މަގުސަދު ހާސިލު ކުރުމަށް މަސައްކަތްތަކެއް އިންތިޒާމު ކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ، ދިވެހި ދަނޑުވެރިންނާއި ހަވާލުކޮށްގެން ރާއްޖޭގައި ފަޅޯ ފަދަ ތަކެތި ގިނަ އަދަދަކަށް އުފެއްދޭނެކަމަށެވެ. އަދި އެތަކެތި ވިއްކާނެ ”ހައި އެންޑް“ މާކެޓުތަކެއްވެސް ހުރިކަމަށާއި، އެ ހިސާބަށް ވާސިލުވުމަށް ބޭނުންވަނީ ރޭވައި އިންތިޒާމުކޮށްގެން ދެމެހެއްޓިނިވި ގޮތެއްގެ މަތިން މަސައްކަތް ކުރާނެ ފަރާތްތައް ކަމަށް ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ ޒަމާނުއްސުރެ ދިވެހިން ދަނޑުވެރިކަން ކުރަމުން އައިސްފައިވަނީ ފަސްގަނޑުގައި އިންދައިގެންކަމަށެވެ. އެހެންކަމުން ކުއްލިއަކަށް އެ އުސޫލުތައް ބަދަލު ކުރުން ދަތިކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ އެގްރޯނެޓުން ގެންގުޅޭ ވިސްނުމަކީ، ރާއްޖޭގެ ބިންބޮޑެތި ރަށްތަކުގައި ޓެކްނޮލޮޖީ ފާރިމިންގްއަށް ދިއުމަށްޓަކައި މަސައަކަތްތަކެއް ކުރުންކަމަށެވެ.

އެނާ ވިދާޅުވީ، އެގްރޯނެޓުން ތައާރަފް ކުރި ކޮމިއުނިޓީ ފާރމިންގް ޕްރޮޖެކްޓަކީ، ޒަމާނީ ދަނޑުވެރި އުސޫލުތަކަށް ދިވެހި ދަނޑުވެރިން އަހުލުވެރި ކުރުވުމަށްޓަކައި ހިންގަމުންދާ ޕްރޮގްރާމެއްކަމަށެވެ.

ހާރޫން ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ ބިންބޮޑެތި ރަށްތަކުން 1 ލައްކަ އަކަފޫޓުގެ ބިން ހޯދައި އެގްރޯނެޓުން ދަނޑުވެރިކަން ކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތައް އެ ތަނުގައި ގާއިމު ކުރާނެކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާނީ އެ ރަށެއްގެ ދަނޑުވެރިންކަމަށާއި، ކުރަންވާ ގޮތުގެ އިރުޝާދުތައް އެގްރޯނެޓުން ފޯރުކޮށްދޭނެކަމަށްވެސް ހާރޫން ވިދާޅުވިއެވެ.

ހާރޫން ވިދާޅުވީ، އެ ޕްރޮޖެކްޓުގެ ދަށުން، ދަނޑުވެރިޔަކު ހައްދާ ތަކެއްޗަށް އެގްރޯނެޓުން އެ ފަރާތަކަށް ފައިސާ ދޭނެކަމަށެވެ. އެހެންކަމުން އެގްރޯނެޓުގެ ވިސްނުމަކީ އެ ތަންތަނުގައި ދަނޑުވެރިން މަސައްކަތް ކުރުމަށް ފަހު، ލިބިގެންދާ އިލްމު ބޭނުންކޮށްގެން އެހެނިހެން ބިންތަކުގައިވެސް އެފަދަ އުސޫލެއްގެ ދަށުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގާބިލުކަން އަށަގެންނެވުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: