ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބައެއް ދޫކޮށްލުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ: ޝަރީފް

އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް - ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރާއްޖޭގެ ބައެއް ދޫކޮށްލުމަށް ނޫޅޭ ކަމަށާއި އެކަމަށް މަސައްކަތްވެސް ނުކުރާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި ޗާގޮސްގެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ހުށައެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން ޝަރީދް ވިދާޅުވީ ފޯލަވައްސަށް އިނގިރޭސިން ދައުވާ ކުރިއަސް އަދި މޮރިޝަސް އިން ދައުވާ ކުރިއަސް އެއީ ރާއްޖެއިން ބައެއް ގެއްލެން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މޮރިޝަސްގެ އަތުގައި ނެތް އެއްޗަކަށް ދައުވާ ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ސަރަހައްދުގެ އެންމެ އިންޗިއެއް ވެސް ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ދޫކޮށްލުމަށް ދިވެހި ސަރުކާރުން އެއްބަސް ނުވެވޭނެ ކަމަށާ އެފަދަ އެއްބަސްވުމެއްވެސް ވެފައި ނޯންނާނެ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އައިސީޖޭ އިން ފެބްރުއަރީ 2019 ގައި، އިނގިރޭސިވިލާތުން ޗާގޮސް އިސްތިއުމާރުކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭކަމަށް ކަނޑައެޅި އެވެ. އަދި ހަ މަސްދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުގައި މެއި 22، 2019 ގައި ފާސްކުރި އެވެ. އެ ގަރާރު ނެރެފައިވަނީ 116 ގައުމެއްގެ ތާއިދާއެކުގައި ކަމާއި އެކަމަކު ރާއްޖެއިން އެއާ ދެކޮޅަށް ވޯޓް ދިނީ، ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށްވުރެ އިތުރުކުރުމަށް ރާއްޖޭން ސީއެލްސީއެސް އަށް ޖުލައި 26، 2010 ގައި ހުށަހެޅި ހުށަހެޅުމަށް މޮރިޝަސްއިން ދެކޮޅުހަދައި، މާޗް 24، 2011 ގައި “ފޯމަލް ޕްރޮޓެސްޓް” ހުށަހެޅުމުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ޗާގޯސްގެ މައްސަލައިގައި ދިވެހިރާއްޖެއިން މީގެކުރިން ގެންގުޅުނު “ސްޓޭންޑް” ބަދަލުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޗާގޯސްގެ މައްޗަށް އޮތް މޮރިޝަސްގެ ސިޔާދަތީ ބާރާ ބެހޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން 2019 ގައި ނިންމެވި ނިންމެވުމުގައި، އިނގިރޭސިވިލާތުން އެ ތަން މޮރިޝަސްއާ ޙަވާލުކުރަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: