ރާއްޖޭގައި ބާއްވާ ފުރަތަމަ މަލްޓި އެޓޯލް ފެސްޓިވަލް ކަމަށްވާ ވާވޮށި ޓާޓަލް ފެސްޓިވަލް 2022 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
ބައިނަލްއަގްވާމީ އެންޖީއޯ އެއް ކަމަށްވާ އޮލިވް ރިޑްލީ ޕްރޮޖެކްޓުން އިންތިޒާމް ކޮށްގެން ކުރިއަށގެންދާ މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހުއެވެ.
ފެސްޓިވަލް ކުރިއަށްދާނީ ނ ޅޮހި، ރ ފައިނު، ބ ގޮއިދޫ، ޅ ހިންނަވަރު، ކ ހުރާ، ކ މާފުށި، ވ ކެޔޮދޫ އަދި ސ ފޭދޫ ގައި އެއްފަހަރާ އެވެ.
ވާވޮށި ޓާރޓްލް ފެސްޓިވަލް ކުރިއަށްދާނީ މި ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެންނެވެ. އެގޮތުން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ކުދިންނަށް މި ފެސްޓިވަލްގައި ބައިވެރިވެވޭނެއެވެ.
މި ފެސްޓިވަލްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ވެލާ އާބާދީ ފާހަގަކުރުމެވެ. އަދި ރާއްޖޭގައި އުޅޭ ވެލާ އަދި އެހެނިހެން ކަނޑުގެ ދިރުންތަކަށް ކުރިމަތިވާ ނުރައްކާތަށް އަލިއަޅުވާލައި ހޭލުންތެރިކަން އިތުރު ކުރުމުވެ.
ފެސްޓިވަލް ހަރަކާތްތަކުގެ ތެރޭގައި ގޮނޑުދޮށް ސާފުކުރުމާއި، ތިމާވެށީގެ އެކި ޖަމިއްޔާތަކުން ކޮންޒަރވޭޝަން ކޮންވާޝަންސް ގެ ނަމުގައި ހޭލުންތެރިކުރުމުގެ ޝެސަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވާވޮށި ފެސްޓިވަލް ރެލީގެ ނަމުގައި ބާއްވާ ޕެރޭޑެއްގައި ވެލާ ހިމާޔަތް ކުރުމަށް ދަެިވަރުން ޕްލެޖެއްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ފެސްޓިވަލް އާއި ގުޅުވަައިގެން މީގެކުރިން ވަނީ މި މަހުގެ ކުރީކޮޅު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ބައިވެރިވެވޭ ޕޯސްޓަރު ޑިޒައިން ކުރުމުގެ މުބާރާތެއް ވެސް ހުޅުވާފައެވެ.

