ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާދަތު ވިއްކިކަމަށް ރައީސް ސާލިހު އިއުތިރާފުވެއްޖެ: ޖަމީލް

ރައީސް ސާލިހު އަދި އަރިހުގައި ކުރީގެ ނައިބް ރައީސް ޑރ ޖަމީލް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާދަތު ވިއްކިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އިއުތިރާފުވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޗާގޯސް މައްސަލައާއި ގުޅިގެން ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މޮރިޝަސްއިން ރާއްޖެއާއި ދެކޮޅަށް ހުށަހަޅާފައިވާ ޗާގޮސްއާއި ރާއްޖެއާއި ގުޅޭ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ދައްކަމުންދާ ވާހަކަތަކަކީ ވަކިބައެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް ދައްކަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާން އެއްވެސް ނިންމުމެއް ނިންމާފައިނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

ޑރ ޖަމީލް ޓުވީޓެއް ކުރައްވާ ވިދާޅުވީ ރައީސް ސޯލިހު ހައްދަވާފައިވަނީ ކަނޑައެޅިގެން ދޮގުކަމަށާއި، ދައްކަވަނީ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަމަށެވެ. ރާއްޖެއާއި މޮރިޝަސް އެއްބަސްވެގެން ރާއްޖޭގެ ސަރަހައްދެއް ދޫކޮށްލީތޯ ސުވާލުއުފައްދަވާ، ޖަމީލް ވިދާޅުވެފައިވަނީ ސިޔާދަތު ވިއްކާލީކަމަށް ރައިސް ސާލިހު އިއުތިރާފުވެއްޖެކަމަށެވެ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު ،މޮރިޝަސްއިން އދ އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއް ކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ ހުށައެޅުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، އެއީ އިސްތިއުމާރާއި ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތާއި، ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންކަމަށެވެ.

ޖަމީލް ވިދާޅުވެފައިވަނީ މިއީ އެންމެ ބޮޑު އަދަބު ހައްގު ކުށްކަމަށާއި، ދިވެހިންގެ ލޭ ވެރިން ހަވަރަށްދޭ ވަރަށް ހޫނުވާނެކަމެއްކަމަށެވެ.

 

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން ކުރިން ގެންގުޅުނު ސްޓޭންޑު ބަދަލު ކުރުމާއި ގުޅިގެން އަންނަނީ މިކަމާއިމެދު ގިނަ ސުވާލުތަކެއް އުފައްދާ، ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއްވެސް ކުރަމުންނެވެ.

އެގޮތުން އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި މައްސަލައާއި ގުޅިގެން “ސަންގު” އަށް ވިދާޅުވީ ޗާގޯސްވަނީ މޮރިޝަސްއަށް ވިއްކާލާފައިކަމަށެވެ. އަދި އެކަމާއި މެދު ޝައްކެއްވެސް ނެތްކަމަށް އެމަނިކުފާން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ވިއްކާލައިފައިވުން، ދިވެހި ރައްޔިތުން ބަލައިނުގަންނާނެކަމަށެވެ. އަދި އދ ގެ އާންމު މަޖިލީހުގެ ރައީސްގެ މާގާމުގައި ދާދި ފަހާއި ޖެހެންދެން ހުންނެވި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް މި މައްސަލައިގައި ބަހެއް ވިދާޅުވެފައިނުވާކަމަށް އިޝާރާތްކުރައްވާ، އެގޮތަށް އެނާ އަމަލުކުރައްވާ ސަބަބާއިމެދު ރައީސް ޔާމިންވަނީ ސުވާލު އުފައްދަވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ހާރިޖީ އިސްތިގުލާލީ ސިޔާސަތަކީ ގާނޫނު އަސާސީގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ރައީސުލްޖުމުހޫރިއްޔާގެ މަގާމާއި ހާވާލުވެ ހުންނެވި ބޭފުޅަކަށްވެސް އެކަމުގައި އަމިއްލަ އިހުތިޔާރެއް ނޯންނާނެކަމަށާއި، ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ލިބިގެންވާނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: