ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ބަޖެޓް 2023: ތައުލީމީ ދާއިރާ އަށް 4.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަސް ބަޖެޓު ހުށަހަޅުއްވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ތައުލީމީ ދާއިރާ އަށް 4.6 ބިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ. .

މިއަދު ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައަޅުއްވަމުން ފިިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ތައުލީމީ ދާއިރާއަށް މިހާތަނަށް ދެވޭ އެންމެ ބޮޑު ބަޖެޓް ކަނޑައަޅާފައިވާނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ކަމަށެވެ.

ސަރުކާރުގެ ދިގުރާސްތާގެ އަމާޒަކީ އަމިއްލަ ފަސްގަނޑުގައި ތިބެގެން ފެންވަރު ރަނގަޅު ތައުލީމެއް ހޯދޭނެ މަގު ކޮންމެ ދަރިވަރަކަށް ވެސް ފަހިކޮށްދިނުން ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން ހެޔޮ ބަދަލެއް ތައުލީމީ ދާއިރާ އަށް އަންނަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ،

އަމީރު ވިދާޅުވިގޮތުގައި ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަކީ ތައުލީމީ ޖީލެއް  ބިނާކުރުމުގެ އެއް އަސާސް ކަމަށާއި ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން ރަށްރަށުގައި ވަޒީފާ އަދާކުރުމަށް ޕްރިންސިޕަލުންނަށާއި ޓީޗަރުންނަށް ލިބިގެންދާ އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

އަމީރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާގެ އިމާރާތާއި ވަސީލަތްތައް ގާއިމް ކުރުމަށް 142 ރަށެއްގައި 195 މަޝްރޫއެއް މިއަންނަ އަހަރު ހިންގުމަށް ވަނީ ރާވާފައެވެ. އޭގެތެރގައި 21 ރަށެއްގެ ސްކޫލްތަކުގެ އިމާރާތާއި ވަސީލަތްތައް ތަރައްގީ ކުރުމުގެ ގޮތުން އާ މަޝްރޫއުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ސްކޫލްތަކުގެ ބަދަލުގައި ދާއިމީ ސްކޫލުތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ވަނީ ފަހިކޮށްދެވިފައި ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ހިލޭ ޑިގްރީ ޕްރޮގްރާމް ފަށައިގެން ކުރިއަށް ގެންދާއިރު އަންނަ އަހަރުގެ ބަޖެޓްގައި ވެސް 166.7 މިލިއަން ރުފިޔާ ހިލޭ ޑިގްރީ އަށް ހާއްސަކޮށް ހިމަނާފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މަތީ ތައުލީމަށް އަމާޒުކުރެވޭ ލޯނު ސްކީމަށް 216.1 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމެނިފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މަތީތައުލީމަށް އަމާޒުކުރެވޭ 856.6 މިލިއަން ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: