ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް 2.5 ބިލިޔަން ރުފިޔާ

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ރާއްޖޭގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކުރިއަށްއޮތް ތިން އަހަރަށް 2.5 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ހުށަހެޅުއްވި ދައުލަތުގެ ބަޖެޓުގައި ބުނެފައިވާ ގޮތުގައި ޒަމާނުއްސުރެ، މާލޭގެ ރައްވެހިންނަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމް ވަނީ ހުޅުވާލެވިފައެވެ. އަދި  މިކަމަށްޓަކައި ގްރޭޓަރ މާލޭ ސަރަހައްދުގައި ފަހި ދިރިއުޅުން ކޯޕޮރޭޝަން ލިމިޓެޑް މެދުވެރިކޮށް ގާއިމުކުރާ 6,000 ހައުސިންގ ޔުނިޓުގެ މަސައްކަތް މިހާރުވަނީ ފަށާފައިވާ ކަމަށް ބަޖެޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

ހަމައެހްނެމެ އަތޮޅު ތެރޭގައި 2,500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓްގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މީގެ އިތުރުން، މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް ގުޅީފަޅުހިއްކުމުގެ މަޝްރޫޢު ބަޖެޓުގައި ހިމަނާފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.

މިނިސްޓަރ އަމީރު ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓަކީ ފާއިތުވި ތަނުން ލިބުނު ރަނގަޅު ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ އިތުބާރުހިފޭ މަގުޗާޓެކެވެ. އެގޮތުން އެކަށީގެންވާ ޙައްލުހޯދޭނެ ދެލިކޮޕީއެއްގެ ގޮތުގައި 2023 ވަނަ އަހަރުގެ ބަޖެޓު އަމީރު ފާހަގަ ކުރެއްވިއެވެ. އަމީރު ވިދާޅުވީ ރައްޔިތުންގެ ފުދުންތެރިކަމާ، އިޖްތިމާޢީ ދުޅަހެޔޮކަމާ، ރައްކާތެރިކަމަށް މެދުނުކެނޑި އެހީތެރިވުމުގައި ސަރުކާރަށް ދެމިއޮވެވޭނެ ޕްލޭނެކަށް އަންނަ އަހަރުގެ ބަޖެޓު ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: