ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތް: ރޮޒައިނާ

ރައީސް ސޯލިހު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި ޕީޕީއެމް ފެކްޝަނެއް އެބައޮތްކަމާ އެފެކްޝަނުން މަޖިލިސްތެރޭ ޕީޕީއެމް އާ އެކު މަސައްކަތް ކުރާކަން މީ މިހާރު ފޮރުވެން އޮތް ކަމެއްނޫންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ ޕީޕީއެމް މެމްބަރުންލައްވާ ސަރުކާރާ ދެކޮޅަށް އިސްލާހުތަށް ހުށައަޅުއްވަނީ ކޮން ބޭފުޅެއްކަން އިއްޔެގެ މަޖިލީހުން ސާފުވާކަމަށެވެ.

ބެލެވޭ ގޮތުގައި ރޮޒައިނާ އިޝާރާތްކުރެއްވީ ޓެކްސް ބޮޑުކުރުމުގެ ބިލާއި ގުޅިގެން ކުރެވުނު ބަހުސަށެވެ.

ދެ ފެކްޝަނަކަށް ހިނގާ އެމްޑީޕީގައި ސަރުކާރު ފެކްޝަން ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ މެންބަރުން ޓެކްސް ބޮޑުކުރުމަށް ތާއީދުކުރެއްވި ނަމަވެސް، އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެވެސް ރައީސް މުހައްމަދު ނަޝީދު އާއި އަރިސް މެންބަރުން ގެންދަވަނީ މި ބިލާއި ދެކޮޅުވަމުންނެވެ. އަދި ފާހަގަކުރަމުން އަންނަނީ އިދިކޮޅު ކޮންގްރެސް ކޯލިޝަން ތަމްސީލުކުރައްވާ މެންބަރުން ފާހަގަކުރައްވާފަދަ ވާހަކަތަކެކެވެ.

އެގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރަންޖެހޭކަމަށް އެބޭފުޅުންވެސް ފާހަގަކުރެއެވެ.

ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ދެކޮޅު ހެއްދެވި ނަމަވެސް ބިލު ވަނީ މުޅި މަޖިލީހުގެ ކޮމިޓީއިން ފާސްކޮށްފައެވެ.

މި އާއި ގުޅިގެން ރައީސް ނަޝީދުގެ މެންބަރެއްގެ ގޮތުގައި ފާހަގަވެފައިވާ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާކުރައްވާ ޓުވީޓެއްކުރައްވާފައެވެ.

އެގޮތުން އެމްއެމްޕީއާރުސީ ހިޔާނާތާއި ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ އާއި، ބިލިއަނުން ލިބެންޖެހޭ ރިސޯޓު ކުލީގެ ފައިސާ ހޯދިފައި ނުވާ ކަމަށާއި އެސްއޯއީތަކުގެ ބިޔަބޮޑެތި އިސްރާފު ނުހުއްޓުވި، ސަރުކާރުން އަޗާތަޅަން ކުރާ ބޮޑެތި ބޭކާރު ހަރަދު ދަށްނުކުރެވުންކަމަށް ފާހަގަކޮށް މުހައްމަދު ވަހީދު ސުވާލުއުފައްދަވާފައިވަނީ އެކަން ފޫބައްދަނީ ނިކަމެތިންގެ ޖީބަށް އަތްބާނައިގެންތޯއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: