ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތާއީދެއްނެތް: ވައްޑެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތާއީދު ނެތްކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ( ވައްޑެ ) ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީގައި ނެގުނު ވޯޓްގައި ޓެކްސް ބޮޑުކުރުމާ ދެކޮޅަށް 12 މެމްބަރަކުވަނީ ވޯޓް ދީފައެވެ. އެ މެމްބަރުން ނަކީ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެމްބަރުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރައްވާ މެމްބަރުން ބޭނުންވަނީ ޓެކްސް ބޮޑުކުރުމަށެވެ.

އެކަމާއި ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި، ވެންޓިލޭޓަރު ހިޔާނާތުގެ ފައިސާ އާއި، ބިލިއަނުން ލިބެންޖެހޭ ރިޯޓް ކުލީގެ ފައިސާ ހޯދިފައި ނުވާ ކަމަށެވެ. އަދި މިކަންކަން ނުވުމުން ރައްޔިތުންގެ ޖީބަށް އަތްބާނައިގެން ޖީއެސްޓީ ބޮޑުކުރުމަށް ނޫޅުމަށް ވައްޑެ ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ވައްޑެގެ ޓްވީޓަށް ރައްދު ދެއްވައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ  ދަތުރު ފަތުރޭ ކިޔައިގެން ބަހާލި ރަށްތަކަށް ދައުލަތަށް އެއްޗެއް ނުލިބުނީަ ވެންޓިލޭޓަރު ކުންފުނިން ހަރަދުކޮށްގެން ހޮވުނީމަ، ސޯލާ މެގަ ޕްރޮޖެކްޓް ތަކުން ބައި އެޅުނީމަ، ފްލޯޓިން އައިލެންޑް އޭ ކިޔާ މެގަ ވިއްކަމުން ބައި އެޅުނީމަ ސަރުކާރު ވައްޓާލަން ނުޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

ނިހާދުގެ އެ ޓްވީޓްގެ ރައްދުގައި ވައްޑެ ބުނެފައިވަނީ އެކަން އެގޮތަށް ކުރިނަމަ 2018 ގައި ވެރިކަން ނުލިބުނީސް ކަމަށެވެ. 2018 ގައި އެމްޑީޕީ އަށް ވެރިކަން ލިބުނީ 2008 އިން 2012 އަށް ކުރި އެމްޑީޕީގެ ފުރަތަމަ ވެރިކަން ރަނގަޅު ވީމަ އެވެރިކަމަށް ބަލައި ރައްޔިތުން ދިން ވޯޓްގެ ސަބަބުން ކަމަށެވެ. އެހެން ނޫން ނަމަ މި ވެރިކަން ނައީސް ކަަމަށެވެ.

ޓެކްސް ބޮޑުކުރުމާއި ބެހޭ ބިލާއި ގުޅިގެން  ރައީސް ނަޝީދު ވަނީ މީގެ ކުރިން މިވަގުތަކީ ޓެކްސް ބޮޑުކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ދެކޮޅަށް ރައީސް ސާލިހުގެ މެމްބަރުން ދަނީ ވަކާލާތު ކުރަމުންނެވެ. އެގޮތުން ރައީސް ސާލިހުގެ މެމްބަރުން ބުނަމުން ގެންދަނީ އިގްތިސާދު ހަމައަކަށް އެޅުވުމަށް ޓެކްސް ބޮޑުކުރުމަކީ މިވަގުތަށް މުހިއްމުކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: