ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ފޮޓޯ ފުޅަކަށް ފަހު ސަރުކާރުގެ ސްޓޭންޑް ބަދަލުވޭ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ފޮޓޯ ފުޅަކަށްފަހު ސަރުކާރުގެ ސްޓޭންޑް ބަދަލުވާ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެއްކާ ބެހޭ ގާނޫނަށް ސަރުކާރު ފަރާތުން ހުށައަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ސަރުކާރުގެ ސްޓޭންޑް ކަންކަމުގައި ކުއްލި ކުއްލިއަށް ބަދަލުވާ ކަމަށެވެ.

އެގޮތުން ޗާގޮސްގެ މައްސަލައިގައި ކުއްލިއަކަށް ސަރުކާރުން ވަނީ ސްޓޭންޑް ބަދަލުކޮށްފައި ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ސަރުކާރުން ހެއްކާއިބެހޭ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށައަޅައި ތަސްދީގުކުރުމަށްފަހު އަނެއްކާ އެބިލުގައިވާ މަސްދަރު ހާމަކުރުމާއި ގުޅޭ ބައި 21 ޖުލައިގައި ރައީސް އޮފީހުން ނޫސްބަޔާނެއް ނެރެފައިވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

ބިލު އޮތް ގޮތް ދިފާއު ކުރައްވައި ބިލުގެ ދިރާސާ ކުރުމުގެ މަރުހަލާގައި ވަރަށް ފުޅާ މިނެއްގައި ކޮމިޓީއިން ވަރަށްގިނަ ފަރާތްތަކާ ނުހަނު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް އެކުލަވާލާފައިވާ ބިލެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވާ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ.

މިއަދު އަނެއްކާ ކުއްލިއަކަށް ސްޓޭންޑް ވަނީ ބަދަލުވެފައި ކަމަށް އިންތި ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހެއްކާއި ބެހޭ ބިލު މީގެ ކުރީގައި ހުށައެޅުއްވި އިރުގައި ވިދާޅުވެފައިވަނީ ޓެރަރިޒަމްގެ ކުށްތަކާއި ގުޅިގެން އެފަދަ މައުލޫމާތެއް މަސްދަރު ހާމަ ނުކޮށް ލިޔުމުގެ ސަބަބުން ލިބިދާނެ ގެއްލުމެއްގެ ކަންކަން ހައްލުކުރުމަށް، އެބިލު ހުށަހެޅުއްވީ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ނޫހެއްގައި މަސްދަރު ހާމަ ނުކޮށް ކާކުކަން ނުބުނެ ޓެރަރިޒަމްއާއި ގުޅުން ހުރި ކަމެއް ލިޔުމުން އެ މަސްދަރު ކޮންމެހެން ދައުލަތަށް ލިބެންޖެހޭނެ ކަހަލަ ކަމެއް ހާމަކޮށްފި ނަމަ އެކަމުގެ ސޯސް ހޯދުމުގެ ބާރު ސަރުކާރަށް ލިބިގެންވާ ކަމަށް މީގެ ކުރިން ތަސްދީގު ކުރެވުނު ބިލުގައި ވާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ސްޓޭންޑް ބަދަލުވެ ޓެރަރިޒަމްގެ ދައުވާ އެއް އުފުލިފައިވާ މީހެއްގެ މައްސަލައެއް ޝަރީއަތުގައި ހިނގަމުން ދަނިކޮށް އެމައްސަލައިގެ ތެރެއިން މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ އެކަން ހާމަ ކުރުމަށް އުސޫލުތަކެއް ކަނޑައަޅާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެހެން ކަމުން ޝަރީއަތެއްގައި ޓެރަރިޒަމްގެ ދައުވާއެއް ނޫނީ ވިއްޔާ ގައުމީ ސަލާމަތާއި ގުޅުންހުރި ކުށެއްގެ ދައުވާއެއްގެ ޝަރީއަތެއް ހިނގާ އިރެއްގައި އެ ޝަރީއަތަށް ބޭނުންވާނެ މަސްދަރެއް ހޯދަން ހުށައަޅައިގެން ހުށައެޅިދާނެ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެނޫން ކަންކަން މިހާރު އެކުލަވާލި އިސްލާހުގައި މިހާރު ކުށަކަށް ވާގޮތަށް ނުހިމެނޭ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.

އިމްތިޔާޒް ވިދާޅުވީ ސަރުކާރުން ފުރަތަމަ ހެއްކާއި ބެހޭ ބިލު ހުށައެޅުއްވި އަސްލު މަގްސަދު އެއްކޮށް ގެއްލުވާލާ ސްޓޭންޑް ވަނީ ބަދަލުވެފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: