ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމަށް މިއަދު ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވަމުންދާއިރު އެތަން ދިވެހިންނަށް ހޯދައިދޭން މަސަައްކަތް ކޮށްފައިނުވާ ދިވެހި ދައުލަތުގެ ކުރީގެ ވެރިންގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް މަރަދޫ މެމްބަރު އިބްރާހިމް ޝަރީފް ( މަވޯޓާ ޝަރީފް ) ވިދާޅުވެއްޖެއެވެ.
ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް ރާއްޖޭގައި ވެރިކަން ކުރި ފަރާތްތަކަށް އެނގި ތިބެ އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައިތިބިއިރު، މޮރިޝަސް އިން އެ މައްސަލައިގައި ބައިނަލް އަގްވާމީ ކޯޓްތަކަށް ގޮސް އެމައްސަލައިގައި ހުކުމް ކުރި އިރު ކުރިން ވެރިކަން ކުރެއްވި ބޭފުޅުން އެ މައްސަލައިގައި އެއްވެސް ކޯޓަކަށް ގޮސްފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ވެރިކަން ކުރެއްވި ބޭފުޅުންނަށް ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަން އެނގިތިބެ އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި ވޭތުވެދިޔަ 50 އަހަރު މޮރިޝަސް އިން ފޯޅަވައްސާއި މެދު ދައުވާކޮށް ދުނިޔޭގައި އޮތިއްޔާ އޮތްހާ ކޯޓަކަށް ގޮސް ޔުނައިޓެޑް ނޭޝަންގައި ކޮމިޝަނެއް އޮތިއްޔާ އެކޮމިޝަނަކަށް ގޮސް، ބައުންޑްރީ އާއި ބެހޭ ތަނެއް އޮތިއްޔާ އެތަނަކަށް ގޮސް އަދި ޓްރައިބިއުނަލް އެއް އޮތިއްޔާ އެތަނަކަށް ގޮސް ކާމިޔާބު ކޮށް ޔޫރަޕްގައި އޮތްހާ ކޯޓަކުން ނާއި އިނގިރޭސި ވިލާތާއި ޔުނައިޓެޑް ނޭޝަންސް ގައި އޮތް އިންޓަރނޭޝަނަލް ކޯޓަކުން ވެސް ހުކުން ކޮށް ނިމުނު އިރުގައިވެސް އެކަމާ އަޅާނުލާ ތިބީ
ޝަރީފް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ރާއްޖޭގައި ވެރިކަން ކުރީގައި ކޮށްފައިތިބި ބޭފުޅުންގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށެވެ. ސަބަބަކީ ދިވެހިންގެ ބޮޑު ހައްގެއް ގެއްލިގެން ދާއިރު ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ޒިންމާދާރު މަގާމުގައި ތިއްބަވާ އެކަމާއި އަޅާނުލާ ތިބީމަ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޗާގޮސް މައްސަލައިގައި މިއަދު މަޒުމޫނު ލިޔެ ނޫސްތަކުގައި ލިޔުމަކުން ނުފުދޭ ކަމަށެވެ.
ޗާގޮސްގެ މައްސަލައިގައކްލަބް ހައުސްއަށް ވަދެ އެކއެކި ބަހުސްތައް ކުރުމަކުން ނުފުދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފޯޅަވައްސަކީ ދިވެހިންގެ މައްޗަށް ސިޔާދަތީ ބާރު އޮތް ގައުމެއްކަމަށް ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުންނަށް އިނގޭ ނަމަ، އެކަމުގައި ފިޔަވަޅު އެޅުމުގެ މަގާމުގައި ތިއްބެވި ބަންޑާރަ ނައިބުންނާއި ރައީސްކަން ކުރެއްވި ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެކަމުގެ ސަބަބެއް ކަމުގައި ޝަރީފް ވިދާޅުވީ ޗާގޮސް އަކީ ދިވެހިންގެ ތަނެއް ކަން އެނގިތިބެ އެކަމާއަޅާ ނުލާ ތިބީމަ ކަމަށެވެ.
ޝަރީފް ވިދާޅުވީ އޭނާ ދިވެހިގައުމުން އެންމެ އިންޗިއެއްވެސް ގެއްލެން ނޭދޭ ކަމަށާއި އައްޑު އަތޮޅުގެ މަސްކަނޑުން އިންޗިއެއްގެ ދެބައިކުޅަ އެއްބައި ގެއްލެން ނޭދޭ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ކަންކަން ހަމަޖެހިފައި އޮތް ގޮތުން ކުރިން ރައީސްކަމާއި ބަންޑާރަ ނައިބު ކަމުގައި ތިއްބެވި ބޭފުޅުން އެމަގާމުގައި ތިއްބަވާ އެ ޗާޓު ކުރަހާ ގޭގޭގައި އެޗާޓް ބަހައްޓާފައި ހުއްޓަސް ނުފުދޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ކުރިން ރައީސްކަން ކުރެއްވި ބޭފުޅުން ޗާގޮސްގެ މައްސަލައިގައި ރައްޔިތުންގެ ހައްގު ހޯދުމަށް ހުށައެޅީ ކޮން ކޯޓަކަށް ކަމަށް ވިދާޅުވެ އެބޭފުޅުންނާއި ވަނީ ސުވާލު ކުރައްވާފައެވެ. ކުރިން ރައީސް ކަން ކުރި ބޭފުޅުންނާއި ބަންޑާރަ ނައިބު ކަން ކުރެއްވި ބޭފުޅުންނަށް ފޯޅަވައްސާއި ފުވައްމުލަކަކީ ފ އަކުން ކިޔޭ ދެނަން ކަން އެނގިލައްވާ ކަމަށާއި އެހެން ކަމުން އޭގައި ދިވެހިންގެ ހައްގުވާކަން އެނގޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުީ އޭނާ އަށް ފޯޅަވައްސަކީ މީގެ ކުރިން ދިވެހިންގެ ތަނެއްކަން އިނގެން ނެތް ކަމަށެވެ. ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ކަމުގައި ވާނަމަ ކުރިން ރައީސްކަން ކުރެއްވި ހުރިހާ އެންމެން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޗާގޮސް ނޫނަސް ރާއްޖެއާއި އާއިލީ ގޮތުން ގުޅުން ހުރި ރަށްރަށް އެބަހުރި ކަމަށާއި އޭގެން ތަނެއް ވެސް ހޯދަން އެއިން ބޭފުޅަކު ނޫޅުއްވާ ކަމަށް ޝަރީފް ވިދާޅުވިއެެވެ.
ފްރާންސް މީހުން ޗާގޮސްގައި ތިބި ކަމަށް މޮރިޝަސް އިން ބުނާ ކަމަށާއި އޭގެ ފަހުން ފަސްދޮޅަހުގެ އަހަރުތަކުގައި އެރަށު މީހުން ގެނެސް އަނބުރާ އިނގިރޭސި ވިލާތަށާއި ޝީސެލްސް އަށް ގެންދިޔަ ކަމަށް ބުނާ ކަން އިނގޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެން ކަމުން އެ ރަށުގެ ހައްގުތައް އަތުލަން ބޭނުންވާ ކަމަށް އިނގިރޭސިން ބޭނުންވާ ކަން އިނގޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިއަދުގެ ސަރުކާރުން ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އެއްވެސް އެއްޗެއް ދޫކޮށްލައިގެން އުޅުއްވަނީކީ ނޫން ކަމަށެވެ.
މިއަދު ކުރާ ކަމަކީ މޮރިޝަސް އަށް ހައްގުވާ އެއްޗެއް ހޯދުމަށް ޔޫއެންގެ ކޮމިޝަންގައި މޮރިޝަސް އިން ދައުވާ ކުރުމުން ދިވެހިން ވެސް ދިވެހިންނަށް ހައްގުވާ އެއްޗެއް އެބައޮތް ކަމަށް ބުނަނީ ކަމަށެވެ.
އެއީ އެންމެ ކުޑަވެގެން ދިވެހިންގެ 200 ނޯޓިކަލް މޭލް ތެރޭގައި ހިމެނޭ ސަރަހައްދާއި ފުށުއަރާ ސަރަހައްދު ދެ ބަޔަށް ބަހަން ވާނެ ކަމަށް ރާއްޖެއިން ބުނަމުން ދާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ރާއްޖެއަށް ހައްގުވާ އިންޗިއަކުން، ބިމަކުން އެންމެ އިންޗިއެއްވެސް މި ސަރުކާރުން ދޫކޮށްފައިނުވާ ކަމަށެވެ.
ރާއްޖެއިން ބައެއް ދޫކޮށްލާފައިވާ ނަމަ ދޫކޮށްލީ ކުރީގެ ސަރުކާރު ތަކުގައި ތިބި ބަންޑާރަ ނައިބުންނާއި ރައީސުން ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މޮރިޝަސް އިން އިނގިރޭސިވިލާތަށް ދައުވާ ކުރިގޮތަށް ރާއްޖެއިން ވެސް ދައުވާ ކުރި ނަމަ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރާއި، އަދި ކުރީގެ ރައީސް އިބްރާޙިމް ނާސިރުގެ ސަރުކާރުން ނާއި ޖަލާލަތުލް މަލިކު މުހައްމަދު ފަރީދުގެ ސަރުކާރުން ވެސް ދައުވާ ކޮށްފައިނެތް ކަމަށެވެ.
އެހެންކަމުން މި ސަރުކާރުން ޗާގޮސް މައްސަލަ އެއްވެސް ކޯޓަކަށް ހުށައަޅާފައި ނުވާ ކަމަށާއި ދައުވާ ކޮށްފައި ނުވާ ކަމަށާއި ކްލެއިމް ކޮށްފައިވެސް ނުވާ ކަމަށެވެ. އެމަކުގައި އިދިކޮޅުން ކަނޑައެޅިގެން ހަދަނީ ރޯބުހުތާނު ދޮގު ކަމަށާއި އެހެންނަމަ ކޯޓްގައި އެމައްސަލަ އޮތީސް ކަމަށާއި ނޫން ނަމަ ފައިލްކޮށްފައި އޮތް ނަމަ ކޭސް ނަމްބަރު ވިދާޅުވުމަށް އެމައްސަލަ އޮތް ކަމަށް ބުނާ ފަރާތްތަކަށް ޝަރީފް ގޮވާލެއްވިއެވެ.
ޝަރީފް ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި ވާހަކަ ދައްކާއިރު ތަންކޮޅެއް ފުންކޮށް ވިސްނައި ރައްޔިތުންނަށް އޮޅުވާލާ ކެހިދީ ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްދައި ރައްޔިތުން ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި ބައިނަލްއަގްވާމީ ދާއިރާގައި ރާއްޖެއާ ދޭތެރޭ އޮތް ރީތިނަމާއި ދިވެހިންނާއި ދޭތެރޭގައި އޮތް ގުޅުން ކަނޑާލުމަށް މަސައްކަތް ކުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.


One Response
މަބްރޫކް ގެ ފަހުން ސްޕޯކްސްޕަރސަންކަން މީނައަށް ދިންނަމަ އަޅެ!!!! އެއްދަރު މެލޭޝިއާގަ ހުދުހެނީ..އަނެއްކާ އަނެއް ދަރި އެމެރިކާ އަށްބާ؟؟؟؟