ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްއިން ހެދި ކަނޑުގެ ސާވޭގެ ހަރަދު ގޮތުގައި އެދުނު އަދަދު ރައީސް އޮފީހަށް ނޭގުނު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޮރިޝަސްއިން ބްލެންހައިމް ރީފް ދިރާސާކޮށްފައިވާތީ، އެކަން ކުރުމަށް ހިނގި ހަރަދުގެ ބަދަލުގެ ގޮތުގައި ހުށައެޅީ ކޮން އަދަދެއްކަން ހާމަ ކުރުމަށް ސަރުކާރުން ދެކޮޅު ހަދައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ އަދި މޮރިޝަސްގެ ކަނޑުގެ މައްސަލައާއި ގުޅިގެން އެގައުމުން ހެދި ސާރވޭގެ ބަަދަލު ދިނުމަށް ދިވެހި ސަރުކާރުގައި އެދިފައިވާ ކަން ފާހަގަކޮށް، އެދިފައިވާ އަދަދާއިމެދު ”ސަންގުޓީވީ“ އިން ސުވާލު ކުރުމުން މިއުވާންވަނީ އެ ސުވާލަކީ މާލީ ކަންކަމާއި ގުޅުން ހުރި ސުވާލަކަށް ވުމުން ޖެހޭނީ އަގެއް ހޯދަން ކަމަށް ވިދާޅުވެފައެވެ. އަދި މިއުވާންވަނީ އެ ތަފްސީލުތައް ފަހުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. 

ރައީސް ސާލިހު މޮރިޝަސްގެ ބޮޑު ވަޒީރަށް ސިޓީއެއް ފޮނުއްވުމުގެ ކުރިން މޮރިޝަސްއިން ވަނީ، އެގައުމުން އިޓްލޮސްގައި ހުށައަޅާފައިވާ މައްސަލައާއި ގުޅިގެން ހަދާފައިވާ ސާވޭއެއްގެ މައްސަލަވެސް ހުށައަޅާފައެވެ. އަދި ރާއްޖެއިން އެ ސާރވޭގެ ބަދަލު ދިނުމަށް އެދިފައިވެއެވެ.

އެޓަރނީޖެނެރަލް އިބްރާހިމް ރިފްއަތު ހާމަކޮށްފައިވާގޮތުން ރައީސް ފޮނުއްވި ސިޓީއާއި ގުޅިގެން މޮރިޝަސްއިންވަނީ ބްލެންހައިމް ރީފްގެ ސޭވޭގެ މައްސަލަ އަނބުރާ ގެންގޮސްފައެވެ. އަދި މޮރިޝަސްގެ ބޮޑުވަޒީރުވަނީ ދެގައުމުގެ ގުޅުން ބަދަހިކޮށް ބާއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައިކަމަށްވެސް އެނާ ވަނީ މީގެ ކުރިން މީޑިއާތަކާއި މައުލޫމާތު ހިއްސާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: