ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ސްކޫލު ބެލެނިވެރިންގެ ކަންބޮޑުވުމަށް ހައްލު ގެންނާނީ މި ސަރުކާރުން: މިއުވާން

އަރަބިއްޔާގެ އިމާރާތުން ދަރިވަރުން ނިކުނަން ޖެހުނު މިއީ ދެވަނަ ފަހަރު، މިހާރު ބޭނުން ކުރާ އިމާރާތަށް ވީ އެންމެ އަށް އަހަރު/ ފޮޓޯ: މިހާރު - ފަަޔާޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންގެ ކަންބޮޑުވުމާއި ޝަކުވާތަކަށް ހައްލު ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވަން މުހައްމަދު ވިދާޅުވެއްޖެ އެވެ.

އާ އިމާރާތެއް އަޅައި، އެ އިމާރާތް ބޭނުން ކުރަން ފެށިތާ މާ ގިނަ އަހަރުތަކެއް ނުވެ ތަނުގައި ރެނދުލައި ބޭނުން ނުކުރެވޭ ވަރަށް ތަން ހަލާކުވުމުގެ ސަބަބުން އަރަބިއްޔާގެ ދަރިވަރުން މިވަގުތު ތައުލީމު ފުރިހަމަ ކުރަމުން ދަނީ ވަގުތީ އިމާރާތެއްގަ އެވެ. ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަރާމާތަށް، މާލެ، ހުޅުމާލެ ފެރީ ޓާމިނަލް ޖެހިގެން ވަގުތީ ގޮތުން އެޅި އިމާރާތެއް މިވަގުތު ސްކޫލެއްގެ ގޮތުގައި ބޭނުން ކުރަމުން ދަނީ އަސާސީ އެތައް ހައްގަކުން މަހުރޫމްވެ ތިބެކަމަށް އަރަބިއްޔާ ބެލެނިވެރިން ބުނެ އެވެ.

ބަޖެޓުގައި އަރަބިއްޔާގެ އައު ސްކޫލު އިމާރާތުގެ ހަރަދުތަކުގެ ތަފްސީލު ހިމެނިފައި ނުވަނީ އިދާރީ އޮޅުމެއްގެ ސަބަބުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނަމަވެސް ގިނަ ބަޔަކު ވަނީ ހަމައެކަނި އެންމެ ކަމެއް އުނިވުން އެއީ އިއްތިފާގެއް ނޫންކަމަށް ބުނެފަ އެވެ. ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށާއި، އަބަދު ހާލުގައި ޖެހޭ ސްކޫލަކީ އެއީކަމަށް ބުނި ނަމަވެސް ޑރ. އައިޝަތު އަލީ ވިދާޅުވީ އަރަބިއްޔާއަށް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށެވެ. އަދި ސްކޫލު މަގުމަތި ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ދެކެވޭ ވާހަކައުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން، ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ފަށައި، އެ ނިންމާނީ ވެސް މި ސަރުކާރުން ކަމަށެވެ. އަރަބިއްޔާ ސްކޫލު ބަޖެޓުގައި ހިމެނިފައި ނެތީ، އިދާރީ އޮޅުމެއްގެ ސަބަބުންކަމަށް އެޑިއުކޭޝަނުން ބުނި ވާހަކަ ތަކުރާރު ކުރައްވައި މިއުވާން ވިދާޅުވީ ބަޖެޓުގައި އެ ވާހަކަ ނެތް ނަމަވެސް ސްކޫލުގެ މަސައްކަތް ކުރިޔަށް ދާނެކަމަށެވެ.

މިއުވާން ވިދާޅުވީ، އަރަބިއްޔާ ސްކޫލު ބެލެނިވެރިންނާއި ދަރިވަރުންގެ ޒަމާންވީ ޝަކުވާތަކަށް މި ސަރުކާރުން ހައްލު ހޯދައިދޭނެކަމަށެވެ. އޭނާ ވަނީ މަަސަައްކަތް ކޮންޓްރެކްޓުކޮށް، ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ. މިއީ ފައިސާ ނެތްކަމަށް ބުނެ، ނުވަތަ ބެޖެޓުގައި ނެތްކަމަށް ބުނެ ހުއްޓާލަން ޖެހޭވަރަށް ވުރެ ހައްލު ކުރުން މުހިންމު މައްސަލައެއްގެ ގޮތުގައި މިއުވާން ވިދާޅުވި އެވެ.

ތަކުރާރުކޮށް މިއުވާން ވިދާޅުވީ، އަރަބިއްޔާގެ ދަރިވަރުންނަށް އެއްވެސް ދެރަގޮތެއް މެދުވެރިވާތަން ބަލަން ސަރުކާރުން ނުތިބޭނެކަމަށެވެ.

ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލެއްގެ ބައެއް އަޅަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާއި އެކު ދާދިފަހުން ވަނީ ސޮއިކޮށްފަ އެވެ. 18 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، އެ މަޝްރޫއު ހަވާލުކުރީ 168 މިލިއަން ރުފިޔާއަށެވެ.

މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އެ ތަނުގައި އަރަބިއްޔާ ސްކޫލުގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެ އެވެ. އަދި ޖަމާލުދީނުގެ ބައެއް ތަނުގައި އަޅަނީ، ސްކޫލުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރާތީީ އެވެ. އެކަމަށް ބޭނުންވާ 34 ކުލާސް ރޫމް ބާޖަމާލުއްދީން ބިމުގައި އަޅާނެ އެވެ.

ސަރުކާރުގެ ސިޔާސަތަކީ ސްކޫލުތައް އެއްދަންފަޅިއަށް ހިންގުމާއި އެކު، ބިން 25،000 އަކަފޫޓަށް ވުރެ ބިން ކުޑަ ނުކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: