ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތް މަދުވެފަ: އަދުރޭ

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ، ޕީޕީއެމްގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ތިބީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓު ރައީސް އަބްދުاللّٰه ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެންނަ ކެތް މަދުވެފައިކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުاللّٰه ވިދާޅުވެއްޖެއެވެ.

އަބްދުލްރަހީމް ވިދާޅުވީ އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި ދާއިރާތަކުގެ ރައީސުން ހޮވުމުގެ އިންތިހާބުގައި އެތައް ބަޔަކު ނިކުމެ، ތަރުހީބު ދިނުމުން ދޭހަވަނީ އަދިވެސް ރައީސް ޔާމީންގެ ފަހަތުގައި ޕީޕީއެމް ދެމި އެބައޮތްކަންކަމަށެވެ. އަދި ރައްޔިތުން ބަދަލަކަށް ބޭނުންވެފައި ތިބި މިންވަރު ދައްކުވައިދީފިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުން ތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ކެތް މަދުވެފައިކަމަށެވެ.

ރައްޔިތުން މިތިބީ ރައީސް ޔާމީން ވެރިކަމަށް ގެންނަ ކެތް މަދުވެފަކަން އަޅުގަނޑުމެންނަށް މި އެތެރޭގެ އިންތިހާބުން އެގިގެން މިދިޔައީ

އިންތިހާބަށް ބޮޑު ތަރުހީބެއް ލިބިއްޖެކަމަށް ތަކުރާރުކުރައްވާ، އަބްދުލްރަހީމް ވިދާޅުވީ އިންތިހާބު ނިމިގެންދިޔައީ ހަމަޖެހުމާއިއެކުގައިކަމަށާއި، މަސްލަހަތު ގެއްލޭފަދަ އެއްވެސްކަމެއް ނުހިގާކަމަށެވެ. އަބްދުލްރަހީމް ވިދާޅުވީ މި އިންތިހާބާއިއެކު ޕާޓިގެ ހަރަކާތްތައް ކުރިއަށްވުރެ އެތައް ގޮތަކުން ވަރުގަދަ ވެގެންދާނެކަމަށެވެ.

އެގޮތުން ކޮންމެ ދާއިރާއެއްވެސް ބަލަހައްޓާނެ އިސް މީހަކާއި، އަދި އެމީހާއަށް އެހީތެރިވުމަށްޓަކައި ދާއިރާގެ ނައިބު ރައީސަކުވެސް ހުންނާނެކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އަންހެނުންގެ ރައީސަކާއި، ޒުވާނުންގެ ރައީސެއްވެސް ހުންނާނެކަމަށް ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ، މިއީ ރައީސް ޔާމީން ވެފައިވާ ވައުދާއި އެއްގޮތަށް ޒުވާނުންނާއި، އަންހެނުންނަށް ދެއްވާ އިސްކަން ހާމަވެގެންދާކަމެއްކަމަށާއި، އަދި މި އިންތިހާބުގެ މައިގަނޑު މަގްސަދަކީވެސް ޒުވާނުންނާއި، އަންހެނުންނަށް ރަށްރަށުގައި އެމީހުންނަށް އަމިއްލައަށް އިސް ނަގައިގެން ޕާޓީގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށެވެ.

އަބްދުލްރަހީމް ފާހަގަކުރެއްވީ މި އިންތިހާބު ކުރިއަށް ދިޔައީވެސް އަދި ނިމުނީވެސް ޑިމޮކްރެޓިކް ހަމަތަކުގެ މަތިންކަމަށެވެ.

ޖުމްލަ 87 ދާއިރާއަކުން މަގާމުތަކަށް މީހުން އިންތިހާބުކުރެވުނުއިރު، މި ފަރާތްތަކުގެ އިންތިހާބީ ދައުރަކީ 3 އަހަރެވެ.  މިއީ 2023 ވަނަ އަހަރުގެ ރިޔާސީއިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްކަމަށް ޕާޓީގެ ލީޑާޝިޕްއިން ފާހަގަކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: