ދުނިޔޭގެ އިގްތިސާދު އަންނަ އަހަރު ދުނިޔޭގެ ނިސްބަތުން ކުރިއަރާ މިންވަރާއި އަޅާބަލާއިރު ދައުލަތުގެ ބަޖެޓާއި އެކު ރާއްޖޭގެ އިގްތިސާދު 7.6 ޕަސެންޓަށް ކުރިއަރައިގެންދާނެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަޖެޓާއި ބެހޭ ގޮތުން ބަހުސް ކުރަމުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް އަހަރު މުޅި ދުނިޔޭގެ އިގްތިސާދު ކުރިއަރާދާނީ 2.7 ޕަސެންޓަށް ކަމަށް އައިއެމްއެފް އިން އަންދާޒާ ކޮށްފައިވާއިރު ދައުލަތުގެ އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރަނގަޅަށް ހިންގުމުން އިގްތިސާދު 7.6 ޕަސެންޓަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ސިފަކުރެވިގެންދަނީ އުއްމީދީ ބަޖެޓެއްގެ ގޮތުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ،
ޝަރީފް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުން އެތަކެއް ދުވަސް ވަންދެން އުއްމީދު ކުރި އެތައްކަމެއް ކުރުމަށް ބަޖެޓްގެ އެހީގައި މަގުފަހި ވެގެންދާނެ ކަމަށެވެ. ބަޖެޓަށް ތާއީދުކޮށް ވޯޓް ދެއްވާނެ ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ބަޖެޓަކީ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކޮށްދޭނެ ވަސީލަތެއް ކަމަށެވެ.
މިދުވަސްވަރަކީ ދުނިޔެ އިގްތިސާދީ ގޮތުން ދަތި އަދި ތަދުމަޑު ދުވަސްވަރެއް ކަމަށާއި މިދުވަސްވަރު ރާއްޖޭގެ އުފެއްދުންތެރިކަމާއި އިންފްރާސްޓްރަކްޗަރ ގާއިމްކުރުމަށް މަސައްކަތް ނުކޮށް ރާއްޖޭގެ ފިޒްކަލް ސަސްޓެއިނިބިލިޓީ ދަމަހައްޓަށް މަސައްކަތް ނުކޮށްފިނަމަ އިގްތިސާދީ ގޮތުން ތަސައްވަރު ނުކުރެވޭ އިގްތިސާދީ ފުން ވަޅުގަނޑަކަށް ވެއްޓިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
2020 ވަނަ އަހަރު މުޅި ދުނިޔެ ތަހައްމަލު ކުރި އިގްތިސާދީ އަދި ސިއްހީ ކާރިސާގެ ނަތީޖާއެއްގެ ގޮތުން އެންމެ ބޮޑަށް އިގްތިސާދު ދަށަށް ދިޔަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. ދިވެހިރާއްޖޭގެ އިގްތިސާދު 33 އިންސައްތައިން ދަށަށް ދިޔަ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ މަނިޓަރީ ޕޮލިސީ އާއި ފިޒްކަލް ސިޔާސަތު ސަރުކާރުން ހިކުމަތްތެރިކަމާއެކު ދެމެހެއްޓުމާއެކު ވަޒީފާ ގެއްލުނު ފަރާތްތަކަށް އެލަވަންސް ދީ ރާއްޖޭގެ ވިޔަފާރިތައް ހުއްޓުނަނުދީ ކުރިއަށްދިއުމަށް އެޅިފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމު ތައް ހައިރާން ވާހާ އަވަހަށް ރާއްޖޭގެ އިގްތިސާދު ރަނގަޅުވެ ފަތުރުވެރިކަން އިހުއޮތްގޮތަށް އިޔާދަވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖެއަށް އަންނަ އަހަރު 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އައިއެމްއެފް އިން ދުނިޔޭގެ އިގްތިސާދު ތިންފަހަރަށް ރިވިއު ކޮށް ދަށްކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭގެ އިތުރުން ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 104 މިލިއަނަށް އަރާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށާއި އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓް ތަންފީޒްކޮށް ނިމޭއިރުވެސް ޖީޑީޕީގެ ނިސްބަތުން ސަތޭކަ ހަތަރެއް ބިލިއަން ރުފިޔާގެ ނިސްބަތުން 16 ޕަސެންޓަށް ވުރެ ބޮޑުކޮށް ޑެފިސިޓް ވާނެ ކަމަށް ޝަރީފް ވިދާޅުވިއެެވެ.
ދުނިޔޭގެ އިންފްލޭޝަން ރޭޓް މިވަގުތު ހުރީ 11 ޕަސެންޓާއި 19 ޕަސެންޓާއި ދޭތެރޭގައި ކަމަށް ޝަރީފް ވިދާޅުވިއެވެ.
ދުނިޔޭގެ އިގްތިސާދަށް ބަލާއިރު ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެން ކަމުން އިޖްތިމާއީ ރައްކާތެރިކަމާއި ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް އަގުހެޔޮކަމާއެކު ފޯރުކޮށްދިނުމަަކީ ރައްޔިތުން ދުޅަހެޔޮކަމާއެކު ދިރިއުޅުމަށް މުހިއްމު ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ކަރަންޓްގެ އަގު ހެޔޮކުރުމަށް ސަބްސިޑީގެ ގޮތުގައި ތޭރަސަތޭކަ ފަންސާސް އެއް މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އާސަންދައިގެ އެހީއަށް ސަތޭކަ ސާޅީސް ފަސް މިލިއަން ރުފިޔާ އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތިންސަތޭކަ ސާޅީސް އެއް މިލިއަން ރުފިޔާ އާއި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދުއިސައްތަ މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އައްޑޫ ސިޓީގެ ޒުވާނުން ބޭނުންވަނީ ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ނޭޝަނަލް ހައުސިންގ ސްކީމް ފުޅާކުރުމަކީ މުހިއްމު ކަމެއް ކަން ފާހަގަކޮށް ނޭޝަނަލް ހައުސިން ސްކީމަށް 286 މިލިއަން ރުފިޔާ ބަޖެޓް ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެފޯޑެބަލް ހައުސިންގ ޕްރޮޖެކްޓަށް ބަޖެޓްގައި 32 މިލިއަން ރުފިޔާ ހިމެނިފައިވާއިރު އެކި ރަށްރަށުގައި ހައުސިންގ ޔުނިޓްތައް ގާއިމް ކުރުމަށް 395 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

