ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު އަލުން އެމްޑީޕީއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު މިއަދު އެމްޑީޕީ އަށް ސޮއި ކޮށްފިއެވެ.

މޫސަ އެމްޑީޕީއަށް ސޮއި ކުރީ ރިޔާސީގަނޑުވަރު މުލީއާގޭގައި  އޮތް ހަފްލާއެއްގައެވެ. ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރަން ބޭއްވި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އިކޮނަމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރީކޯ މޫސަގެ ފޯމާއި ހަވާލުވީ ފައްޔާޒް އެވެ.

ރީކޯ މޫސަ އެމްޑީޕީއަށް ސޮއި ކުރަން ބޭއްވި ހަފްލާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރިން ކޮށްފައިވާ ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަހްމަދު ފާއިޒް ވަކިކުރަން ވޯޓް ދެއްވުމުން އެމައްސަލަ ބެލުމަށް ފަހު 2014 ވަނަ އަހަރު އެވެ. އޭރު އެމްޑީޕީން ނިންމީ ރީކޯ މޫސަ އަށް އަލުން އެމްޑީޕިއަށް ވަދެވޭނީ 50 މެންބަރުންގެ ސޮޔާއި އެކުގައި ކަމަށެވެ. ނަމަވެސް މިއަދު ރީކޯ މޫސަ އެމްޑީޕި އަށް ވަނީ 50 މެންބަރުންގެ ސޮއި ހޯއްދަވައިގެންކަން ނުވަތަ ނޫންކަމެއް އެމްޑީޕީން އަދި ކަށަވަރުކޮށެއް ނުދެއެވެ.

މޫސަ އެމްޑީޕީ އަށް ސޮއި ކުރެއްވިއިރު ރައީސް ސޯލިހް ގެންދަވަނީ ދެވަނަ ދައުރަކަށް ވެރިކަން ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ. ޕްރައިމަރީގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެ ކަމަށް މީގެ ކުރިން އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: