ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިނގަމުންދާ ކަންކަމުން އެނގެނީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަންޖެހިފައިވާ މަސައްކަތް: އެމްއާރްއެމް

އެމްއާރްއެމްގެ ރައީސް މައުމޫން، ރައީސް ސާލިހާއިއެކު.
ޝެއާރކޮށްލާ ކަހަލަދޯ؟

ހިނގަމުންދާ ކަންކަމުން އެނގެނީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްކަމަށް މޯލް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން  ބުނެފިއެވެ.

އެމްއާރުއެމް އިން މިފަދައިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ތަޙުނިޔާއާއި ހެޔޮ އެދުންތައް ފޮޮނުވާ ޕާޓީގެ ފަރާތުން ނެރުނު ބަޔާނުގައެވެ. ޕާޓީއިން ނެރުނު ނޫސް ބަޔާނުގައި ވަނީ މިއީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއަށް 54 އަހަރު ފުރޭ ތާރީޚީ މުނާސަބާކަމަށް ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ޤާއިމު ކުރަން ޖެހުނު ސަބަބު ތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބު ތަކާއި، ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނެކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އަދި މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަކަންކަމަށްވަނީ ފާހަގަކޮށްފައެވެ.

އަޅުގަނޑުމެންގެ ދުޢާ އަކީ، މާތްﷲ ގެ ރަޙްމަތްފުޅުން ދިވެހި ޖުމްހޫރިއްޔާ އަށް އިތުރު ކުރިއެރުން ލިބިދެއްވައި، ދިވެހި ރައްޔިތުންނަށް އުފާ ފާގަތި ކަމާއި ތަނަވަސްކަން މިންވަރު ކޮށްދެއްވުމެވެ.

ޖުމްހޫރީ ދުވަހުގެ މި މުނާސަބު ދަނޑިވަޅުގައި ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ ދެފުށް ފެންނަ އަދި ޒިންމާދާރު މުއައްސަސާތަކެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭކަމަށްވެސް އެމްއާރުއެމްއިން ނެރުން ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: