ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި އެކު ކޯލިޝަން ނުހެދުމަށް އެމްއާރްއެމް އިން ނިންމައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި އެކު ކޯލިޝަން ހެދުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަށް ދިން ފުރުސަތު ދޫކޮށްލައި، އެ ޕާޓީއާ އެކު އަލުން ކޯލިޝަން ނަހަދަން އެމްއާރްއެމް އިން ނިންމައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއާރްއެމް އިން އެ ގޮތަށް ނިންމީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕިއާއި އެކީ ކޯލިޝަން ހެދުމަށް އެ ޕާޓީއާއި އެކު މަޝްވަރާތަކެއްވެސް ކުރުމަށް ފަހުގައި ކަމަށް އެމްއާރްއެމް އިން ހާމަކޮށްފައިވެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރުގެ ކުރީކޮޅު އެމްއާރްއެމްއަށް އެމްޑީޕީ އާއި އެކު ކޯލިޝަން ހެދުމަށް ދައުވަތު ދެއްވާފައިވާކަމަށްވެސް މިކަމާއި ގުޅިގެން އެމްއާރްއެމް އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީއާއި އެކު ކޯލިޝަން ނަހަދަން އެމްއާރްއެމުން ނިންމި އިރު، އެ ޕާޓީ މިހާރު އޮތީ ގާނޫނީ ”މައްސަލައެއް“ ގެ ތެރޭގަ އެވެ. އެއީ ސިޔާސި ޕާޓީގެ ގާނޫގައި ބުނާ އަދަދަކަށް މެމްބަރުން ހަމަނުވާތީ އެވެ. އެހެންވެ 3،000 އަށް ވުރެ މެމްބަރުން މަދުވެފައިވާތީ އިލެކްޝަން ކޮމިޝަން (އީސީ) އިން އޮތީ އެމްއާރްއެމް އުވައިލަން ނިންމައިފަ އެވެ.

އެމްޑީޕީއާ އެކީ ކޯލިޝަން ވުމަށް ދިން ދައުވަތު ދޫކޮށްލައި އެ ޕާޓީން މިއަދު ރައީސަށް ފޮނުވި ސިޓީއެއްގައި ބުނީ މި ފަހަރުގެ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެކުގައި މަސައްކަތްކުރަން ނުފެންނަ ކަމަށް އެ ޕާޓީގެ އެގްޒެކްޓިވް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި އެގޮތަށް ނިންމި ސަބަބުތަކުގެ ތެރޭގައި އެމްއާރްއެމް އޮފީހުގައި މިދިޔަ މެއި މަހުގެ 1 ގައި އެމްޑީޕީގެ އިސް ވެރިންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، އެމްޑީޕީގެ ހުށަހެޅުންތައް އެމްއާރްއެމްގެ އެސްކޯ އަށް ހުށަހަޅައި ކުރި މަޝްވަރާތަކުގައި، އެ ޕާޓީން ހުށަހެޅި ބައެއް ސިޔާސަތުތަކަށް އެއްބަސްނުވެވުން ހިމެނެ އެވެ.

ކޯލިޝަން ހަދަން ދިން ދައުވަތާ މެދު ގޮތެއް ނުނިންމައި ގިނަ ދުވަސްތަކެއް ފަހުން އެމްއާރްއެމުން އެމްޑީޕީއާ އެކީ ކޯލިޝަން ނަހަދަން ނިންމި އިރުު، 2018 ގައި ހެދި ކޯލިޝަންގެ ތެރެއިން، ކޯލިޝަން އާކުރީ އަދާލަތު ޕާޓީ އެކަންޏެވެ. އަދި ޖުމްހޫރީ ޕާޓީ ވަނީ ކޯލިޝަން ނަހަދައި މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަން ނިންމައިފަ އެވެ.

އެމްޑީޕީއާ އެކީ މި ފަހަރު އަލަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައިންސް (އެމްޑީއޭ) އިން ކޯލިޝަން ހަދާފައިވެ އެވެ.

އެމްއާރްއެރުމުން މިހާރު އޮތީ ރިޔާސީ އިންތިޚާބަށް ނުކުންނަން ވެސް ނިންމައިފަ އެވެ. އެހެންވެ ޕްރައިމަރީ އަށް ކުރިމަތިލާން އެ ޕާޓީއިން ވަނީ ހުޅުވާލާފައިވެ އެވެ. މިހާތަނަށް ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ ސޮއި ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އެ ޕާޓީގެ ރައީސް ފާރިސް މަޢުމޫން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: