ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު އަލިިފާނުގެ ހާދިސާ: ނިޔާވި މީހުންގެ ތެރޭގައި ކާކުކަން ދެނެނުގަނެވެނީ އެންމެ މީހެއްގެ

ހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ރައްކާތެރި ތަންތަނަށް ބަދަލު ކުރުމުގައި ފުލުހުންނާއި ސިފައިން އަދި ރެޑްކްރެސެންޓް އިންހަރަކާތްތެރިވަނީ. ފޮޓޯ:ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލްތަކެއްގެ މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޯވެ، ބުދަ ދުވަހުގެ ރޭ ހިގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި 10 މީހުންގެ ތެރޭގައި ހިމެނޭ އެކަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަަކށް ފޮނުވި މެސެއްޖެގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާރު ހަޑިގަނޑު ދެނެގަނެވިފައިވަނީ އިންޑިއާގެ 3 އަންހެނެއްގެ އިތުރުން ބަނގަލަދޭޝްގެ އަންހެއްނެއްގެކަމަށެވެ. ނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ 4 ފިރިހެނުންވެސް ހިމެނޭއިރު، ބަނގަލަދޭޝްގެ އެއް ފިރިހެނަކު ހިމެނެއެވެ،

ފުލުހުން ބުނެފަިއވަނީ ހަށިގަނޑުދެނެގަނެވިފައިނުވާ އެއް ފިރިހެނަކު ހިމެނޭކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި ަމއްސަލަ ތަހުގީގުކުރަމުންދާކަމަށެވެ.

10 ނޮވެމްބަރު ވަަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި ފަޔާ އެންޑް ރެސްކިއު އާއި، ސިފައިން ގުޅިގެން އަދިވެސް ދަނީ އެ އިމަރާތުގައި އިތުރު ބައެއްގެ ހަށިގަނޑުތައް ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ފެނުނު މީހުންގެ ހަށިގަނޑުތައް ވަނީ، ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: