ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ދައުލަތް ހިންގުމުގެ ބުރުސޫރަ ، ހެޔޮ ވެރިކަމުގެ ބައްޓަމަށް ބަދަލު ކުރެވިއްޖެ: ރައީސް

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ދިވެހި ދައުލަތް ހިންގުމުގެ ބުރުސޫރަ ، ހެޔޮ ވެރިކަމުގެ ބައްޓަމަށް ބަދަލު ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި ދިވެހިގައުމާއި މުހާތަބް ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސާލިޙް ވިދާޅުވީ މީގެ 4 އަހަރުކުރިން އެމަނިކުފާނު ޙަވާލުވި މަސްއޫލިއްޔަތު ބިނާވަނީ ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށް ކަމަށެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި މިހާތަނަށް ރާއްޖެ ހިނގަމުން އައީ އިޖްތިމާޢީ އަދި އިޤްތިޞޯދީ ތަފާތު ވައްޓަފާޅިއެއްގައެވެ. އެކަމަށް ޒަމާނާގުޅޭ ، ކޮންމެހެން ބޭނުން ބަދަލުތަށް ގެނައުމަކީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެއްކަން ރައީސް ސާލިޙް ފާހަގަ ކުރެއްވިއެވެ. އެގޮތުން އޭގެ ފެށުމަކީ ، މިހާރު އެކަށައެޅި ، އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު ކަމަށާއި ބޭނުމަކީ ، އެއްތަނެއްގާ ހިފެހެއްޓި ގަނޑުވެފައިވާ ބާރުތައް ، އޭގެ ޒާތުން ދިރި ، މުޅިރާއްޖެއަށް ފަތުރާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޚިދުމަތްތަކާ ވަޞީލަތްތައް ، އަތޮޅުތައް ފަހަނައަޅާ ، ރަށްތަކުގެ 4 ތޮށިން އެތެރެވާނެ ބޮޑު ބަދަލު ، މި 4 އަހަރުން ގެނެވިއްޖެއެވެ. އާމްދަނީ އާ ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ ، ހަމަތަކެއް ، މި 4 އަހަރުން ހޯދިއްޖެކަން ފާހަގަ ކުރައްވާ ރައީސް ސާލިޙް ވިދާޅުވީ  ޖީބަށްލުއި ، ބާރުދުވެލީގާ ރަށްތައް އަމުނާ ، ގަތާ ، ރައްޔިތުން ބަދަހި ކުރާނެ ދަތުރުފަތުރުގެ ނިޒާމް ، ތަޢާރަފް ކުރެވިއްޖެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ އަސާސްތައް ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެއެވެ. ހަމައެހެންމެ  ޑިމޮކްރެޓިކް ވެއްޓެއްގާ އެބާރެއްގެ ދައުރު އަދާކުރާނެ ޖާގަ ، މި 4 އަހަރުން ވަނީ ހޯދާފައިކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން ، ޢަދުލު އިންސާފާމެދު ގެއްލިފައިއޮތް އިތުބާރު ،  އިޢާދަ ކުރުމަށް ބޭނުންވާ ،  ޤާނޫނީ އޮނިގަނޑު ބަދަލު ކުރެވިއްޖެއެވެ. އަދި މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު ، ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު ، މި 4 އަހަރުން ފަހިކޮށްދެއްވާފައިވާނެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި އޯގާތެރިކަމާއެކު ، ހަމަ މަގުން ދައުލަތެއް ހިންގާނެ ހުރިހާ ހަމަތައް ، އެންމެ 4 އަހަރުން ފުރިހަމަވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނެއެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި އެނގި ، ހާމަވެ ސާފުވި އެންމެ ބޮޑު ހަގީގަތަކީ ، އިންސާފުގެ މަގަށް ރާއްޖެ ރުޖޫޢަ ކުރެވޭނެ ކަމުގެ އުންމީދު ، މި 4 އަހަރުން އިންތިހާއަށް ބޮޑުވެފައިވާކަން ކަމަށެވެ.

ރައީސް ސާލިޙް ވިދާޅުވީ މީގެ 4 އަހަރު ކުރިން ، ރައްޔިތުން އެންމެ ބޮޑަށް އެދިތިބީ ، ދައުލަތް ހިންގުމުގައި ހާމަކަން ބޮޑުވުމަށް ކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ، އޭގެ ކުރިން ދައުލަތުގެ ތެރޭގާ އޮތް ކިލަނބުކަމުގެ ބޮޑުކަން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ 4 އަހަރު ފަހުން މިއަދުގެ ހަގީގަތް ތަފާތު ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވާނެ އެތަށް މަގެއް އަދި ވަޞީލަތްތަކެއް މިހާރު ފަހިކޮށްފައިވާ ކަމަށާއި މާލީ ހިސާބުތަކާ ، ރައްޔިތުންނާ ގުޅުންހުރި ނިންމުންތަކާ ، ވެނިމުނު ކަންކަމާ ، އިތުރަށް ކުރާން ހުރި ކަންކަމުގެ، ހުޅުވިފައިވާ ތަފްޞީލު ތަކަށް މިއަދު ވާޞިލުވެވޭނެކަން ރައީސް ސާލިޙް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އޭރު ޤައުމު އޮތް ކިލަނބު ކަމުގެ ބޮޑުކަމާ ހުރެވެސް އެމަނިކުފާނު ވަޢުދުވީ ، ހާމަކަން ބޮޑު ކުރުމަށް ކަމަށާއި ސަރުކާރު އޮތީ އެފުރުޞަތު ހުޅުވާލައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހާމަކުރެވޭ މަޢުލޫމާތުގެ ދެފޮޅުވަތް ދޭތެރެއާ ، ފިލި ކޯޅިން މާނަ ނެގުމަކީ ، ސަރުކާރަށް ތަކުލީފެއް އުފުލަން ޖެހިދާނެ ކަމެއްކަން އެނގިތިބެވެސް ، މިހާރުގެ ރޫޙަކީ ހަމަ – ހާމަކުރުން ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: