ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީގެ ހަތަރު އަހަރު ކުރިން ރާއްޖެ އޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި: ރައީސް

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވާހަކަފުޅު ދައްކަވަނީ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ދިވެހި ޖުމްހޫރިއްޔަތަށް 55 އަހަރު ފުރުން ފާހަގަ ކުރަމުންދާއިރު މީގެ ހަޔަރު ކުރިން މުޅީ ދިވެހިރާއްޖެ އޮތީ ބޮޑު ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމްދު ސާލިޙް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ، އެމަނިކުފާނު ދިވެހި ރައްޔިތުންނަށް އެރުވި ޔަޤީންކަމެއްވާނެ ކަމަށާއި އެއީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގާ ، އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ކަމަށެވެ. އެގޮތުން ތަފާތެއްނެތި ، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގާ، ދެމިހުންނާނެކަމުގެ ޔަޤީންކަން ރައްޔިތުންނަސް ދެއްވި ކަމަށާއި އަދި އެ ވަޢުދު ފުއްދިއްޖެ ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ޤައުމުގާ އޮތީ ހާސްކަމާ ކަންބޮޑުވުމާ ، ނުތަނަވަސްކަމާ ބިރުވެރިކަމެވެ. އޭގެ ސަބަބަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާ މިނިވަންކަން ލިބިދިނުމުގާ ، ކަށަވަރުކަމެއް ނެތުން ކަމަށާއި  އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ ، ވެރިކަމުގެ ހަތުރަކަށްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ ،  ޤާނޫނުއަސާސީ ތަޞައްވަރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލުވާލުން. ކަމަށާއި ވެރިކަމުން ، ޤާނޫނީ ހަމަތަކަށް ތަބާވުން ދޫކޮށް ، ވެރިކަމުގެ ފަރާތުން ޤާނޫނުގެ ބާރު ލަންބާ ، ގުދުކޮށް ވާންކުރުންކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމުގެ ނަތީޖާއަކަށްވީ ، ވެރިކަމުގެ ނިޒާމް ކިލަނބުވެ، ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ ، ނެތް ފުރުޞަތަކަށްވުން ކަމަށެވެ. އަދި ފަރުދާގެ ފުރަގަހުގާ ހިނގާކަމެއް ނިމި ، މަންޒަރު ސާފުވާން ފެށިއިރު ، އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމުގާ އޮތީވެފައި ކަމަށާއި އަމާނާތްތެރި ކަމަކީ ، އެންމެ ބޮޑު ޚިޔާނާތް ކަމުގާ ވެ ނިމިނިކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އިންސާފަށް އެދުމުގެ ކުރިން ، އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް ، އޭރު ރާއްޖޭގައި ބޭއިންސާފު އޮތީ އާންމުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން ހެޔޮވެރިކަމުގެ އުންމީދު ގެއްލި ، ވެރިކަމުގެ އާރާ ބާރާ ޖާހުގެ ނާޖާއިޒު ނިންމުންތައް އެއީ ،  ޢާންމު ، އާދައިގެ ކަމަކަށް ހެދި ކަމަށާއި މިނިވަންކަމާ ޙައްޤުތަށް ނިގުޅައި ގަނެވޭނީ ، ކޮންއިރަކު ، ކާކުގެ ކަމެއް ، ހަމަ އެކަކަށް ވެސް އެދުވަހަކު ނޭނގޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ، ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ، ކުޑަގޮޅީގަ ނުވަތަ އެގޮޅީގެ އަނގަމަތީގަ ކަމަށާއި ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކުރި ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގެ ދޮރުތަށް ތަޅުލި ކަމަށް ވެސް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ސާލިޙް ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރު ކުރިން މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަކީ ،  މުލައްދަނޑީގެ ބާރުން ނެރެ ފާރުމަތިން އުކާލެވޭ ، ބޭކާރު މުދަލެއްގެ ސިފަ ޖެއްސިއެވެ. އަދި ޢަދުލް އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީމަރުޙަލާގާ ، ހިޔާވަހިކަމެއް އެދުވަހަކު ނެތް ކަމަށާއި ރައްޔިތުންނަށް ގޮތް ހުސްވުމަކީ ، އޮތް ހަމައެކަނި ގޮތް ކަމުގައިވެ ނިމުނު ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސާލިޙް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ރާއްޖެ އޮތީ ބައިނަލް އަޤްވާމީ ދުނިޔެއާ ގުޅުންކެނޑި ، އެކަހެރިވެ ވަކިވެފައި ކަމަށާއި ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިޚްތިޔާރު ކުރެއްވި ، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވި ، އެކަހެރި  ކުރެވިފައި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މީގެ ހަތަރު އަހަރުކުރިން ރަށްތަށް އެކަހެރި ކޮށް ، ރައްޔިތުންގެ މަތިން ހަނދާން ނައްތާލިއެވެ. އަދި މިއީ ރައްޔިތުންގެ ދަލާ ލޭ އޮހޮރުވައިގެން ލިބިގަތް ، އާޤާނޫނު އަސާސީ ، އޭގެ އާރޯތާނާ ކަމުގާ ވަނިކޮށް ، މިރާއްޖެ ވައްޓާލެވިދާނެ ޙާލަތެއް ކަމަށް ހިތަށް ގެންނަން ވެސް ދަތިވި ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މިހާރު ރާއްޖެ އޮތީ ބިރުވެރި ތަނެއްގެ ގޮތުގައި. އިރާދަކުރެއްވިޔާ މި ނަޖިސް ވެރިކަން ބަދަލުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: