ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖު އަލިިފާނުގެ ހާދިސާ: ހަށިގަނޑުތައް ރާއްޖެއިން ބޭރަށް ގެންްދަނީ!

ރޭ ހިގި އަލިފާނުގެ ހާދިސާއިން މީހަކު ސަލާމަތްކުރާ މަންޒަރު. ފޮޓޯ:ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލްތަކެއްގެ މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޯވެ، ބުދަ ދުވަހުގެ ރޭ ހިގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެއްޖެގައި ފުލުހުން ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރީން މިނިސްޓްރީއާއި، އެ މީހަކު ނިސްބަތްވާ ގައުމެއްގެ އެއްބަސީ އާއި ގުޅިގެން ފުލުހުން ދަނީ ކުރަމުންކަމަށެވެ.

އިއް ފުލުހުން ބުނެފައިވަނީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާރު ހަޑިގަނޑު ދެނެގަނެވިފައިވަނީ އިންޑިއާގެ 3 އަންހެނެއްގެ އިތުރުން ބަނގަލަދޭޝްގެ އަންހެއްނެއްގެކަމަށެވެ. ނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ 4 ފިރިހެނުންވެސް ހިމެނޭއިރު، ބަނގަލަދޭޝްގެ އެއް ފިރިހެނަކު ހިމެނެއެވެ،

ފުލުހުން ބުނެފަިއވަނީ ހަށިގަނޑުދެނެގަނެވިފައިނުވާ އެއް ފިރިހެނަކު ހިމެނޭކަމަށެވެ.

10 ނޮވެމްބަރު ވަަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ހިގައިދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: