ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ރައްކާތެރިކަން ކަށްވަރު ކުރުމާއިބެހޭ ގާނޫނެއް ގެންނަނީ!

އިމާރާތެއްގެ މަސައްކަތް ކުރުމުގައި ބިދޭސީއަކު އެއްވެސް ސޭފްޓީއެއް ނެތި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ރައްކާތެރިކަން ކަށްވަރު ކުރުމަށް ކަމާއި ބެހޭ ހާއްސަ ގާނޫނެއް ހެދުމަށް ނިންމައި ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ގާނޫނެއް ގެންނަން ނިންމައި ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއެވެ.

މާލޭގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައި 10 މީހުން ނިޔާވި ހާދިސާއަށް ފަހު މާލޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށްފައިވާ ގަރާޖުތަކާއި ވޯކްޝޮޕްތައް މާލެއިން ބޭރުކުރުމުގެ މަސައްކަތް ކުރުމަށް ހާއްސަ ޕްލޭނެއް ހެދުމަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަސް ރައީސް ވަނީ އަންގަވާފައެވެ.

ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙް ވިދާޅުވީ މަސައްކަތްތެރިން މަސައްކަތްކުރާ މާޙައުލުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ، އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެކްޓް ، މިމަހުގެ 10 ވަނަ ދުވަހު  ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައިވާ ކަމަށެވެ. މިއީ މަސައްކަތުގެ މާޙައުލުގާ ހަރަކާތްތެރިވާ ހުރިހާ ފަރުދުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދޭ ޤާނޫނެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ. ނަމަވެސް ގާނޫނުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް ރައީސް ދެއްވާފައެއް ނުވެއެވެ.

ޖަލްސާގައި ރައީސް ވަނީ 10 މީހުން ނިޔާވި އަލިފާނުގެ ހާދިސާއަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މާލޭގާ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށެވެ.

ރައީސް ވިދާޅުވީ މިޙާދިސާއާ ގުޅޭ ހުރިހާ ކަމެއްގާ ، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމާ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށެވެ. އަދި ވިދާޅުވީ މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން އަންނަނީ އެތައް އަހަރަކުން އުފެދިފައިވާ ، ތޮއްޖެހުމާ ، މާލޭގެ ދިރިއުޅުމުގެ ދަތިކަމުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެއެވެ. އަދި ވިދާޅުވީ ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެ ކަމަށާއި ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެކަހެރި ކުރަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: