ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ފަނާވިޔަސް ބޭނުންވަނީ އިންތިހާބުން މޮޅުވާން: އާޒިމް

އެމްޑީޕީގެ ޕީޖީ ލީޑަރ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު ފުނޑުނަސް ރައްޔިތުން ފަނާވިޔަސް ހެޔޮކަމަށާއި ބޭނުންވަނީ އިންތިހާބުން މޮޅުވުން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ހޮރައިޒަން ފިޝަރީޒް ކުންފުނިން ލ މާންދޫގައި ހިންގަމުން އަންނަ މަސް ފެކްޓްރީ އިން މަސް ކިރުމަށްފަހު ފައިސާ ނުދޭ މައްސަލައިގައި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށައެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ މިއަދު ކަން ދިމާވެފައި މި އޮތީ ޕްރައިވެޓް ކުންފުންޏަކަށް ކަމަށާއި ނަމަވެސް މާދަމާ އެކަން ސަރުކާރު ކުންފުންޏަކަށް ދިމާވެދާނެ ކަމަށެވެ.

އާޒިމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މަދު ކުންފުންޏެއް ފިޔަވައި އެހެން ހުރިހާ ކުންފުނިތައް ހިންގަނީ ގެއްލުމުގައި ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ވަނީ ރައްޔިތުންނަށް ދަރާފައި ކަން ފާހަގަކޮށް އާޒިމް ވިދާޅުވީ ރައްޔިތުން ކެތް ކުރަނީ ސަރުކާރު ހިއްސާވާ ކުންފުންޏަކާ ދެކޮލަށް ނިކުތުމުން އެކަމުން ދިމާވެދާނެ ދަތި އުނދަގޫ ވިސްނޭތީ ކަމަށެވެ.

ސަރުކާރު ހިއްސާވާ މަދު ކުންފުންޏެއް ފިޔަވައި ފައިދާގައި ހިންގާ ކުންފުންޏެއް ނޯންނާނެ. ގިނަ ކުންފުނި! ހުރިހާ ކުންފުންޏެކޭ ބުނެވިދާނެ ހިންގަމުން އެގެންދަނީ ގެއްލުމުގައި. ރައްޔިތުން އަތުން އަނެއްކާވެސް ޓެކްސް ފައިސާ ނަގައިގެން ވެސް އިންޖެކްޓް ކޮށްގެން އަނެއްކާ ދިރި ބޭއްވޭތޯ އެ މަސައްކަތް ކުރަނީ.

އާޒިމް ވިދާޅުވީ ގައުމުގެ މިސްރާބު މިހާރު ހުރީ ނުބައި ދިމާލަކަށް ކަމަށާއި އިގްތިސާދު ދަނީ ދުވަހުން ދުވަހަށް ހަލާކުވަމުން ކަމަށެވެ. އަދި ކުރިއަށް އޮތީ ބަނަ ދުވަސްތަކެއްގެ ގޮތުގައި ރައްޔިތުން ތަމްސީލު ކުރަން ހުރި މީހެއްގެ ހައިސިއްޔަތުން  ބުނަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

ގައުމު ފުނޑުނަސް ހެޔޮ ރައްޔިތުން ފަނާވެގެން ދިޔަސް ހެޔޮ. އިންތިހާބުން މޮޅުވެވެނިކޮށް ނިމުނީ. ކައުންސިލަކާ ބައްދަލުވާއިރަށް، މީހަކާ ބައްދަލުވާއިރަށް އާނއެކޭ ތިކަން ކޮށްލާނަމޭ ބުނުމަކީ ޒިންމާދާރު ވެރިކަމެއް ކުރުމެއްް ނޫން. ޒިންމާދާރު ވެރިކަމެއް ކުރުމަކީ ހަގީގަތް ބުނުން. ރައްޔިތުން ކައިރީގަ އަސްލު އޮްތް ގޮތް ބުނުން. ތިމަންނާމެން އަތުގަ މިވެނި ކަމެއް ކުރާކަށް ފައިސާއެއް ނެތޭ ބުނުން. އެއީ ރަނގަޅު ވެރިކަން ކުރުމަކީ.

އާޒިމް ވިދާޅުވީ މިއަދު އެކަން މި ފެންނަނީ ދިމާ އިދިކޮޅަށް ކަމަށެވެ. މިއަދު ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏަކަށް ބަލައިލި ނަމަވެސް ފެންނަމުންދަނީ ބަނގުރޫޓުވާ މަންޒަރު ކަމަށް އާޒިމް ވިދާޅުވިއެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން ކޮންމެ ފަހަރަކު ދަނީ ފައިސާ ދައްކަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތަކަށް ބަލައިލާއިރުގައި މިފްކޯ އެއޮތީ ބިލިއަނުން މިލިއަނުން އެއް ބިލިއަން ރުފިޔާ ދަރާފައި. ކުންފުނިތައް ހަގީގަތުގައި ދަރަން ދިމާވާ ގޮތަކީ ފަސަް އަހަރު ނިމުނީމަ ނިމުނީ. އެމީހަކަށް ނެގުނު އެއްޗެއް އެމީހަކަށް ކެވުނު އެއްޗެއް ކެވުނު ވަރަކަށް ކައިގެން ދާންވީ. ސަރުކާރު ކީ މާލް. ނިމުނީ. އަތްފޮޅާލާފައި ދިޔައިމަ ނިމުނީ. ޒިންމާދާރު ކުރެވޭނެ އެއްވެސް ގޮތެއް އޮތީކީ ނޫން. ސަރުކާރުންވެސް ބޭނުމެއް ނުވޭ މިކަން ޒިންމާދާރު ކުރުވާކަށް.

އާޒިމް ވިދާޅުވީ މިއަދު މިކަން އަމިއްލަ ކުންފުންޏަކަށް ދިމާވެފައިވާއިރު މާދަމާ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް މިކަން ދިމާވުމުން އެވާހަކަ ދައްކަން ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: