ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގައި އޮންނަން ޖެހިއްޖެނަމަ، ޖެހިގެން އެ ގޮޅީގައި އޮންނާނީ އަލީ އާޒިމް: ޝުޖާއު

ރާއްޖެ ވިއްކާލުމާ ދެކޮޅަށް ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން އިދިކޮޅު ލީޑާޝިޕްގެ ޝުޖާއު/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބޭފުޅުން ޖަލަށް ދާން ޖެހިއްޖެނަމަ، ގޮޅީގައި ޖެހިގެން ދެން އޮންނަވާނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކަމަށް ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު އާޒިމްއަށް ފާޑުވިދާޅުވެފައި ވަނީ، އެމްޑީޕީއިން ކޮންމެ ހަފްތާއަކު ވެސް ނެރޭ “ޚަބަރު ސިޓީ” ގައި އިދިކޮޅުން ކުރިޔަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕެއިނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އާޒިމް ވިދާޅުވެފައިވަނީ އިންޑިއާ އާއި ރާއްޖެ ދެމެދު އޮންނަނީ ގާތް ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތައް އެއީ ރާއްޖެއަށް އަތް ގަދަ ކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސްއެއް ގާއިމްކުރުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަތަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވެފައިވަނީ އިންޑިއާއިން އެ ގައުމުގެ ސިފައިން ރާއްޖޭގައި ބައިތިއްބައި ގައުމު ހިފާކަށް ވެސް ނޫޅޭ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެފައި އޮތް ނަމަ އެހެން ގައުމުތަކުން، ބަލަން ނުތިބޭނެ ކަމަށާއި، މިއީ ގައުމުތަކުގައި ހިނގާ ކަންކަމަށް ބީރު ކަންފަތެއް ދީގެން ތިބޭ ޒަމާނެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހާރިޖީ ސިޔާސަތުތައް ވަރުގަދަވަމުން އަންނަކަން ފާހަގަ ކުރައްވާ އާޒިމް ވިދާޅުވެފައިވަނީ، އިންޑިއައިން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް ކަށަވަރުކުރާނެ ކަމަށެވެ. އާޒިމް ވަނީ ރާއްޖެއާއި ދުނިޔޭގެ އެހެން ގައުމިތަކާއި އޮންނަ ގުޅުމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއާއި ޗައިނާ، އަދި ސައުދީ އަރަބިއްޔާގެ އިތުރުން މެދުއިރުމަތީ ގައުމުތަކާއި އޮންނަ ގުޅުން އެއީ ގާތް އަދި ވަރުގަދަ ގުޅުމެއްގެ ގޮތުގައި އޭނާ ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކަން އެންމެ ބޮޑަށް ދޭހަވަނީ، އެހެން ގައުމުތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަންނަ ދައުވަތުގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރީގެ ފަސް އަހަރަށް ބަލާއިރު ރާއްޖެ އޮތީ ބާކީ ވެފައި އޮތް ގައުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ނަތީޖާއަކީ ދެ ތިން ދައުމު ފިޔަވައި އެހެން ގައުމުތަކުން އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދައުވަތުތައް ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިއާ އާއި ގުޅުވާ އިދިކޮޅުން ދައްކާ ވާހަކަތަކަށް އާޒިމް ވިދާޅުވެއިވަނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި މިއީ އިދިކޮޅުން މުޅީން ވެސް އެހެން މަގްސަދެއްގައި ދައްކާ ވާހަކަތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ. މިއީ ސަރުކާރު ބަދަލުކޮށް، ކޮރަޕްޝަންގެ ތުހުމަތުތަކުން ސަލާމަތްވުމަށް އިދިކޮޅުން ހިންގާ ޖަރީމާއެއްގެ ގޮތުގައި އާޒިމް ސިފަ ކުރެއްވިއެވެ.

އާޒިމް ދެއްކެވި ވަހަކަތަކަށް އިދިކޮޅު ސިޔާސީ ޕާޓީގެ ލީޑަރުން ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، އާޒިމަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ޖަލު ގޮޅިއަކަށް ދާނަމަ، އެ ގޮޅީގައި އޭނާ އާއި އެކު ޖެހިގެން ދެން އޮންނާނީ އާޒިމް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: