ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ލިސްޓު މުއިއްޒަށް؛ އިންޑިއާ ސިފައިން ބޭރު ކުރަން ޖެހޭނެ!

އިންޑިއާ އައުޓްގެ ނަމުގައި ހިންގި ހަރަކާތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގޮތް ނޭނގޭ އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުން ނޫން ގޮތަކަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ފާސް މާކްސް ދެވެން ނެތްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނުފޫޒު އެބައޮތްކަމަށް ބުނެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށް ގެންދިޔަ ”އިންޑިއާ އައުޓް“ ކެމްޕެއިން ހަރަކާތްތަކުގައި ރައީސް ޔާމީން އަމަލީ ގޮތުން ވެސް ބައިވެރިވި އެވެ. އެ އިހުތިޖާޖުތަކާއި، މުޒާހަރާތައް ގިނަވެ ބެނާތައް މާލޭގެ އެކި ސަރަހައްދުތަކުގައި އާންމުވާން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގަރާރަކުން ވަނީ އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ކަނޑައަޅުއްވާފަ އެވެ.

އެއަށް ފަހު ހަރަކާތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ނަމަވެސް، ރައީސް ޔާމީން ވިދާޅުވީ ހަރަކާތް އެ ނޫން ސިފަތަކުގައި ކުރިޔަށް ގެންދާނެ ކަމަށެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި މުއިއްޒު ވެސް ފާހަގަކުރީ ގައުމުގެ މިނިވަންކަން މުހިންމު މިންވަރެވެ. އަދި ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލާނެކަމަށް މިހާރު ވެސް ތަކުރާރު ކުރައްވަ އެވެ.

ހިޔާނާތުގެ މައްސަލައިގެ ކުށް ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމުގައި ލިބުނު ބައި ލުއިތަކާއި އެކު ރައީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީ އޮފީހަށް ވަޑައިގެން ޖަލްސާއެއްގައި ވާހަކަ ދައްކަވާފަ އެވެ. އައު ސަރުކާރުން ބަލައި ތަހުގީގު ކުރަން ޖެހޭ މައްސަލަތަކުގެ ލިސްޓެއް ވިދާޅުވެ ދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ފާސް މާކްސް ދެވެން އޮތީ އެކަންކަން ހައްލުކޮށްގެން ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ އެންމެ އިސްކަން ދީފައިވާ ސިޔާސަތަށް ހެދުމަށް ގޮވާލައި ރައީސް ޔާމީން ވިދާޅުވީ މިލިޓަރީ ސިފައިންގެ އެންމެ ބޫޓުކިބައެއް ވެސް ރާއްޖޭގެ ފަސްގަނޑުގައި އޮވެގެން ނުވާނެ ކަމަށެވެ.

އިންޑިއާގެ އެންމެ ބޫޓުކިބައެއް ވެސް ރާއްޖޭގައި ހުންނަން ނުޖެހޭނެ

ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ދެމެހެއްޓީ އިންޑިއާގެ އެހީގަ އެވެ. ބަދަލުގައި އިންޑިއާއަށް ރާއްޖެއަށް ނުފޫޒު ފޯރުވައި، ގައުމުގެ މިނިވަންކަމާއި އިގްތިސާދަށް އަތްގަދަ ކުރުމުގެ ފުރުސަތު ދިންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއްބަސްވުންތައް ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދަނީ ވެސް ގޯސްތަކެއް އެކުލެވޭތީ ކަމަށެވެ.

ވަރަށް ގަދަ
43%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: