ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ރާއްޖޭގެ ދާހިލީ ކަންކަމަށް އަތް ބޭނި، މައްސަލަ ރައީސް ޔާމިން ޔޫއެންއަށް ހުށަހެޅި: އާޒިމާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަވައްޓެރި އިންޑިއާ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބަސް ބުނެ، ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާތީ އެކަން ބަލައިދިނުމަށް އެދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރަސްމީކޮށް ޔޫއެންއަށް ހުށަހެޅިކަމަށް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ވެސް އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތް ބާނައި، ވެރިކަން ހިންގަންވީ ގޮތުގެ އިރުޝާދު ދީ ވަކި ގޮތަކަށް ނިންމުންތައް ނިންމަން އަންގަން ފެށިކަން އެނގޭ ލިއުމެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީން ޔުނައިޓެޑް ނޭޝަންއަށް ސިޓީއެއް ފޮނުވާފައި ވަނީ އެ ގައުމުގެ ސަބަބުން ރާއްޖެއަށް ބިރުވެރިކަން އެބައޮތްކަމަށް ބެލެވޭތީ އާއި، ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ ހާލަތްތައް ދިމާވާން ފެށުމުންނެވެ.

އޭރުގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ސޮއި ކުރައްވާފައިވާ ސިޓީގައި އިންޑިއާގެ ނުފޫޒުތަކުގެ ވާހަކަތައް ވަރަށް ތަފްސީލުކޮށް ލިޔެފައި ވެއެވެ. އެގޮތުން ރައްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އިންޑިއާއިން ވަނުމުގެ ކަންބޮޑުވުންތައް ސިޓީގައި ހާމަކޮށް ބުނެފައި ވަނީ ރާއްޖޭގެ ސަރުކާރު ބަދަލު ކުރުމަށް އަސްކަރީ ފިޔަވަޅުތައް އަޅައި ކަނޑުމަގުން އަސްކަރިއްޔާ ބޭނުންކޮށްގެން ރާއްޖެ ބައްދާލުމަށް އިންޑިއާ ގޮވާލި ކަމަށެވެ. ސިޓީގައި ބުނެފައި ވަނީ އިންޑިއާގެ ވިސްނުން ހުރީ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ ހަމަޖެހުން ނަގައިލުމަށް ކަމަށެވެ.

ސިޓީން އެނގޭ ގޮތުގައި އިންޑިއާގެ ޚާރިޖީ ވުޒާރާ އަދި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ރާއްޖޭގެ ކަންކަމަށް ވާހަކަދައްކާފަ އެވެ.

މީގެއިތުރުން އިންޑިއާގެ އެކި މީޑިއާތަކުގައި، އެ ގައުމުގެ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ރާއްޖެ ހިފުމަށް ގޮވާލައި ދައްކާ ވާހަކަތަކާއި ރާއްޖެއަކީ އެ ގައުމުގެ ބައެއްކަމަށް ބުނެ ތަކުރާރުކޮށް ވާހަކަ ދައްކާ މައްސަލައިގައި ކަންބޮޑުވުންފާޅުކޮށްފައި ވެއެވެ.

ސިޓީގައި ބުނެފައި ވަނީ 2018، ފެބްރުއަރީ 01 ގެ އަމުރަށް ފަހު އިންޑިއާ ރާއްޖޭގެ ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރިކަމަށެވެ. އަދި އެ ގައުމުން އެ މައްސަލައިގައި ވަކި ބައެއްގެ ކޮޅަށް އަރައި އެ މީހުންނަށް ތާއީދު ކުރާ މޭރުމަކުން ވާހަކަ ދައްކާފައިވާކަމަށް ސިޓީގައި ވެއެވެ.

މި ސިޓީން އެނގޭ ގޮތުގައި މި ހުރިހާ މައްސަލަތަކެއް ދިމާވާތީ، ރައީސް ޔާމީން އަންގައިގެން ޑރ. އާސިމް އިންޑިއާ އެކު މަޝްވަރާ ކުރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު އާސިމާއި ބައްދަލު ކުރުމަށް އިންޑިއާގެ ސަރުކާރުން ދެކޮޅު ހެދިކަމަށް ސިޓީގައި ވެއެވެ.

މި ސިޓީ ސޯޝަލް މީޑިއާގައި އާންމު ކުރީ “ދިޔަރެސް” ނޫހުންނެވެ. އެކަމާ ގުޅިގެން ރައީސް ޔާމީންގެ ސަރުކާރުގެ ބަންޑާރަ ނައިބަކަށް އޭރު ހުންނެވި އާޒިމާ ވިދާޅުވީ އިންޑިއާ ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބަސް ބުނާ މައްސަލަ ރަސްމީކޮށް ޔޫއެންއަށް ހުށަހެޅިކަން އޭނާ ޔަގީންކޮށްދޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: