ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިއާގައި މާލެ ގެނައީ ހާލު ދެރަވި ކުޑަކުއްޖެއް، އިންޑިއާ ސިފައިންނެއް ނޫން: ސަރުކާރު

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި ހާލު ދެރަވި އުމުރުން ދެ އަހަރުގެ ކުޑަކުއްޖެއް ޑޯނިއާރ އެއާކްރާފްޓެއްގައި މާލެ ގެނައުމުން އެ އެއާކްރާފްޓުގައި އިންޑިއާގެ ސިފައިން އައިކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އޮންނަކަމަށް ތަކުރާރުކޮށް ދެކެވޭ ވާހަކައިގެ ތެރެއިން، އެންމެ ބޮޑަށް ފެތުރޭ އެއް ވާހަކައަކީ އެ ގައުމާއި އެކުވެފައިވާ އެއްބަސްވުންތަކުގެ ދަށުން އަސްކަރީ ސިފައިން ހަތިޔާރާއި އެކު ތިބޭކަމަށެވެ. އެގޮތުން ހދ. ހަނިމާދޫ އާއި، އުތުރުތިލަފަޅު ހިމެނޭ ގޮތަށް ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ތިބޭކަމަށް ބުނާ މައްސަލައިގައި، ސަރުކާރުން ބުނެފައިވަނީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށް އަސަރު ކުރި ސަބަބުތަކުގެ ތެރޭގައި، އިދިކޮޅުގެ “އިންޑިއާ އައުޓް” ހަރަކާތްތައް ހިމެނޭކަމަށް ސަރުކާރުން ބުނެ އެވެ. އަދި އޭގެ ފަހުން މިއަދު ސޯޝަލް މީޑިއާގައި ހަނިމާދޫގައި ތިބިކަމަށް ބުނާ ސިފައިންގެ ފޮޓޯތަކާއި ވީޑިއޯތައް އާންމުވީއިރު އެއާކްރާފްޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާ ވީޑިއޯއެއް ވެސް ދަނީ ދައުރު ކުރަމުންނެވެ.

އެ ވީޑިއޯގެ މައްސަލައިގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ތިނަދޫއިން ހާލު ދެރަ ކުޑަކުއްޖެއް މިއަދު މާލެ ގެނައިކަމަށެވެ. އަދި އެ ތައްޔާރީތައް އޮޅުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަބަރު ފެތުރުމަކީ ކަންބޮޑުވުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ މައްޗަށް އޮތް އިންޑިއާގެ ނުފޫޒާއި، އަދި އެ ގައުމުގެ ސިފައިން ހަތިޔާރާއި އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ތަކުރާރުކޮށް ދަނީ ދޮގު ކުރަމުންނެވެ. އެކަމަކު އެ ގައުމާއި އެކު ވެފައިވާ އެކި އެބަސްވުންތައް ސަރުކާރުން ހާމަ ކުރުމަށް ދެކޮޅު ހަދައި ބުނަމުން ދަނީ، އެކަމުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ދައުލަތުން ބުނެފައި ވަނީ، އެކަމުގެ ސަބަބުން ރާއްޖެއަށް ކާޑު ލިބުނުގައި ދަތިތައްވެދާނެކަމަށެވެ.

އެކަމާ ގުޅޭގޮތުން ރައީސް އިބްރާހިމް މިހައްމަދު ސޯލިހު ދާދި ފަހުން ރިޔާސީ ކެންޑިޑޭޓުންގެ “ސަންގު ބަހުސް” ގައި ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީއެއް ނެތްކަމަށާއި، ހާއްސަކޮށް އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ނެތްކަމަށެވެ. ރައީސް ވިދާޅުވީ ބައެއް ތަމްރީނު ޕްރޮގްރާމުތަކަށް ބޭރުގެ ސިފައިން އަބަދުވެސް ގައުމަށް އަންނަ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ގާއިމުވެ ތިބެ ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: