ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ދެ ދުވަސް ފަހުން، އެމްއެންޑީއެފް އިސް ޖެނެރަލުންގެ އިންޓަވިއުތަކެއް!

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ސިފައިން ދިގު މުއްދަތަކަށް ގާއިމުވެ ތިބޭނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފްގެ އިސް އޮފިޝަލުންގެ އިންޓަވިއުތައް އާންމު ކުރަން ފަށައިފި އެވެ.

އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި އަސްކަރީ މަތިންދާ ބޯޓުތަކާއި، ޑޯނިއާތައް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ އިންޑިއާގެ ސިފައިން ތިބިކަމުގެ ތުހުމަތުތައް ކުރެވެ އެވެ. އެ މައްސަލަ މަޖިލީހަށް އެކިފަހަރު މަތީން ހުށަހަޅައި، އެއްބަސްވުންތަކުގެ މައްސަލައިގައި އާއި އުތުރުތިލަފަޅުގެ މައުލޫމާތުތައް ހާމަ ކުރުމަށް ގޮވާލައި ހުށަހެޅުމުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ ބައްދަލުވުންތަކެއް ވެސް ދިޔަ އެވެ.

އޭރު އެ ބައްދަލުވުންތަކުގައި މާރިޔާ ވަނީ ރާއްޖޭގައި ޑޯނިއާތައް ބެލެހެއްޓުމަށް އިންޑިއާގެ ސިފައިން ތިބިކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެ މީހުންގެ އެއްވެސް ބާރެއް ނުހިނގާނެކަމަށާއި، ދިވެހިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ވެސް މާރިޔާ ވިދާޅުވެފައި ވެއެވެ.

ރާއްޖެ – އިންޑިއާ އެއްބަސްވުންތައް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދަނެކަމަށް ސަރުކާރުން ބުނާއިރު، އިންޑިއާގެ ސިފައިންގެ އަދަދު ހާމަ ނުކުރި މައްސަލައިގައި ހައިކޯޓުގައި ދައުލަތުން ބުނެފައި ވަނީ އެ މައުލޫމާތުތައް އާންމުވެއްޖެ ނަމަ ރާއްޖެއަށް ގެއްލުންތަކެއްވާނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިހާބުގައި އަށްޑިހަ އެއްހާސް ވޯޓާއި އެކު 36 އިންސައްތަ ލިބުނު އެއް ސަބަބުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތެވެ. އަދި އެކަމަށް ޖަވާބު ދެއްވާނެކަމަށް ވިދާޅުވެފައި ވެއެވެ.

މޮރިޝަސްގެ ބޮޑުވަޒީރަށް ޗާގޮސް މައްސަލައިގައި ރައީސް ސޯލިހު ފޮނުވިކަމަށް ބުނާ ސިޓީއެއް ވެސް އާންމުވެ އެއީ ސައްހަ ލިއުމެއްކަމަށް ސަރުކާރުން ހާމަކުރިއިރު މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ލިއުން ސަރުކާރުން އާންމު ކުރަން އުޅޭކަމަށާއި ޖެނެރަލުންގެ އިންޓަވިއުތަކެއް ގެންނަން އުޅޭކަމަށް އަޑުތައް ފެތުރުނެވެ.

ސިލްސިލާކޮށް މިވަގުތު ދައުލަތުގެ މީޑިއާއިން ދައްކަމުން ދާ އިންޓަވިއުތަކުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާއްޖޭގައި އޭރު އޮންނަ ސަރުކާރުގެ ހާރިޖީ އަދި ދިފާއީ ސިޔާސަތުތަކުގެ ދަށުން ރަހުމަތްތެރި އެކި ގައުމުތަކުގެ އަސްކަރިއްޔާއެކު ގިނަ ތަމްރީނުތައް ކުރިޔަށްދާ ކަމަށެވެ.

އަށް ޖެނެރަލުންގެ އިންޓަވިއު މިރޭ ގެނެސްދިން އިރު ކޮންމެ ބޭފުޅަކު ވެސް އަމިއްލަ ތައާރަފެއް ދެއްވުމަށް ފަހު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށްދޭކަމަށާއި ގައުމުގައި އެއްވެސް އިތުރު ގައުމެއްގެ ސިފައިން ނެތް ކަމަށެވެ. އަދި އަސްކަރީ ބޭނުމެއްގައި ހަތިޔާރާއި އެކު ސިފައިން ނެތްކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ޑޯނިއާ އާއި ހެލިކޮޕްޓަރު ބަލަހައްޓަން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން!

ސިފައިންގެ ޖުމްލަ އަދަދު ހާމަކޮށްދޭން އެދި މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ހުށަހެޅި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެ އެވެ. އަދި އެއީ ގައުމީ ސަލާމަތަށް ނުރައްކާހުރި މައުލޫމާތުތަކެއްކަމަށް ބުނެ، އެކަމަށް އެމްއެންޑީއެފްއިން އިންކާރު ކުރެ އެވެ. 2021، ގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި އެ ސުވާލު އަމާޒުވާން ފެށުމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޑޯނިއާ ބަލަހައްޓަން ތިބޭ 25 މީހުންގެ އިިތުރަށް ބައެއް އެހެން ސަރަހައްދުތަކުގައި ވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށް، އޭރު މާރިޔާ ވިދާޅުވީ ލ. ކައްދޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ބަލަހައްޓަން 25 މީހުން އަދި އައްޑޫގައި އޮންނަ ހެލިކޮޕްޓަރަށް ވެސް 25 މީހުން ތިބޭ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް ތިބެނީ ތިން ޕައިލެޓުންނާއި އޮބްޒާވަރަކެވެ. ދެން ތިބެނީ ސިވިލް އިންޖީނިއަރުންނާއި، ޓެކްނީޝިއަނުންކަމަށް މާރިޔާ ވިދާޅުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: