ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޯނިއާ އާއި ހެލިކޮޕްޓަރު ބަލަހައްޓަން ރާއްޖޭގައި އިންޑިއާގެ 75 ސިފައިން!

މިޝަން ދޯސްތީގެ ތަމްރީނުތަކުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ޑޯނިއޯ މަތިންދާ ބޯޓު އަދި ހެލިކޮޕްޓަރުގެ އިންތިޒާމުތައް ބަލަހައްޓަން ޖުމްލަ 75 އިންޑިއާގެ އަސްކަރިއްޔާ މީހަކު ގާއިމްވެ ތިބޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި މެމްބަރުންގެ ގިނަ ސުވާލުތައް އަމާޒުވީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފު ނުވާ ސަބަބާއި ގުޅޭ ގޮތުންނެވެ. އަދި އިންޑިއާ ސިފައިން ހަރަކާތެރިވާނަމަ އެ މީހުންގެ ރޯލަކީ ކޮބައިތޯ މެމްބަރުން ސުވާލު ކުރި އެވެ.

ކޮމިޓީ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އިންޑިއާއިން ހަދިޔާކޮށްފައިވާ ޑޯނިއާ ބެލެހެއްޓުމާއި މަރާމާތުގެ ހުރިހާ މަސައްކަތެއް ކުރަނީ އެ ގައުމުން ކަމަށެވެ. އެ ޒިންމާ ރާއްޖެއިން ނަގާނަމަ އެއީ ބޮޑު ހަރަދެއްކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ، ބަޖެޓަށް ބާރު ބޮޑުވެ މާލީ ގޮތުން ބުރަޔަކަށް ވާނެ ކަމަށެވެ. އަދި ދިވެހިންނަށް މުސާރަ ދީގެން ޕައިލެޓުން ނުނެގޭނެ އެންމެ ބޮޑު ސަބަބަކީ އެއީކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ޑޯނިއާ ބެލެެހެއްޓުމަށް އިންޑިއާގެ ސިފައިންނާއި އެކު ސިވިލް އިންޖީނިއަރުން އަދި ޓެކްނީޝިއަނުން ރާއްޖޭގައި އެބަތިބި ކަމަށެވެ.

ބައްދަލުވުމުގައި އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް ހަސަން އާމިިރުގެ ވާހަކަ ފެއްޓެވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިޔަފާރިއަށް ބޭނުން ކުރާ ވާހައިންނެވެ. އެ ގައުމުން އަނެއް ގައުމަށް ކަނޑު މަގުން މަސްތުވާތަކެތީ އެތެރެ ކުރުމުގައި ރާއްޖޭގެ ކަނޑު ބޭނުންކުރާއިރު، މި ސަރަހައްދުން ގަވައިދާއި ހިލާފަށް މަސްވެރިކަން ކުރުން އިތުރުވެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކަނޑު ފޭރުމާއި، ނުރައްކާތެރި ޓެރަރިސްޓު ހަމަލާތައް ހުއްޓުވުމުގައި ވައިގެ މަގުގެ ގިނަ އޮޕަރޭޝަންތައް ކުރިޔަށް ގެންދަން ޖެހޭކަމަށް އާމިރު ވިދާޅުވި އެވެ.

މީގެ އިތުރުން ކަނޑުމަތީގެ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލަން ވެސް ވައިގެ އުޅަނދުތައް ބޭނުން ކުރާކަމަށް އާމިރު ވިދާޅުވި އެވެ. އިންޑިއާގެއެ ސިފައިން ޑޯނިއާ ދުއްވި ނަމަވެސް ބައެއް ކަންކަމުގައި އެމްއެންޑީއެފްގެ ހުއްދަ ހޯދަން ޖެހެ އެވެ. މިވަގުތު އޮތް އެއްބަސްވުމުގެ ދަށުން ޑޯނިއާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ އިންޑިއާއިންނެވެ. އެއީ 2015 ގައި ދިވެހިން ޑޯނިއާ ދުއްވަން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައި، ގާއިމު ކުރި އެއްބަސްވުމެކެވެ. އާމިރު ވިދާޅުވީ ބޯޓަށް ރާއްޖޭގެ އެތެރޭގައި އެއްވެސް ދަތުރެއް ކުރެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ލިބިގެން ކަމަށެވެ.

އޭގެ ތެރޭގައި މެއިންޓަނެންސް އާއި، ބަލި މީހުން އުފުލުން ހިމެނޭކަމަށް އާމިރު ވިދާޅުވި އެވެ.

ރޭގެ ކޮމިޓީގެ ބައެއް ބައިތައް ކުރިޔަށް ގެންދިޔައީ މީޑިއާތައް ނުވައްދައި ސިއްރުންނެވެ. މީގެ ކުރިން ވެސް ދެއްކެވި ވާހަކަތައް ތަކުރާރުކޮށް މާރިޔާ ވިދާޅުވީ، މިއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެކުލަވާލި އެބަސްވުމެއް ކަމަށެވެ.ހައިޑްރޯގްރަފީ އެގްރިމަންޓް އަދި ޑޯނިއާ އެގްރިމަންޓަކީ ވެސް އެކްޝަން ޕްލޭންގައި ލިޔެވިފައި ހުރި ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެގްރިމަންޓްތަކެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

ސިފައިންގެ ޖުމްލަ އަދަދު ހާމަކޮށްދޭން އެދި މީގެ ކުރިން އެތައް ފަހަރެއްގެ މަތީން ހުށަހެޅި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެ އެވެ. އަދި އެއީ ގައުމީ ސަލާމަތަށް ނުރައްކާހުރި މައުލޫމާތުތަކެއްކަމަށް ބުނެ، އެކަމަށް އެމްއެންޑީއެފްއިން އިންކާރު ކުރެ އެވެ. ކޮމިޓީގެ ތެރޭގައި އެ ސުވާލު އަމާޒުވާން ފެށުމުން މާރިޔާ ވިދާޅުވީ ޑޯނިއާ ބަލަހައްޓަން ތިބޭ 25 މީހުންގެ އިިތުރަށް ބައެއް އެހެން ސަރަހައްދުތަކުގައި ވެސް އިންޑިއާ ސިފައިން އެބަތިބި ކަމަށެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށް، މާރިޔާ ވިދާޅުވީ ލ. ކައްދޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ބަލަހައްޓަން 25 މީހުން އަދި އައްޑޫގައި އޮންނަ ހެލިކޮޕްޓަރަށް ވެސް 25 މީހުން ތިބޭ ކަމަށެވެ. އޭގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް ތިބެނީ ތިން ޕައިލެޓުންނާއި އޮބްޒާވަރަކެވެ. ދެން ތިބެނީ ސިވިލް އިންޖީނިއަރުންނާއި، ޓެކްނީޝިއަނުންކަމަށް މާރިޔާ ވިދާޅުވެ އެވެ.

މި އަދަދުތަކާއި އެކު ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 75 މީހުން ތިބިކަން ޔަގީންވީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: