ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ޑިމޮކްރެސީއަކީ ރައްޔިތުންނާއި މަޝްވަރާނުކޮށް ކަންކަމުގައި ގޮތް ނިންމުން: އަބްދުލް ރަހީމް

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ކެލާގައި ބޭއްވި ޖަލްސާގައި ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރައްޔިތުންނާއި ރައްޔިތުންގެ މަަންދޫބުންނާއި މަޝްވަރާ ނުކޮށް، ގައުމުގެ ބޮޑެތި ނިންމުންތައް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ގެންގުޅުއްވާ ޑިމޮކްރެސީ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވާ، އަބްދުލް ރަހީމް ވިދާޅުވީ، ސަރުކާރުން ވަނީ އުތުރު ތިލަފަޅު ވިއްކާލާފައިކަމަށެވެ. އަދި އެކަން ކުރީ ރައްޔިތުން އަދި މަންދޫބުންނާއިވެސް މަޝްވަރާ ކުރުމެއް ނެތިކަމަށް އެނާ ވިދާޅުވިއެވެ.

އަބްދުލް ރަހީމް ވިދާޅުވީ، 2021 ވަނަ އަހަރުގެ ތެރޭގައި އިވިގެންދިޔައީ ހަނިމާދޫ ވިއްކާލި ވާހަކަ ކަމަށެވެ. އަދި ދައްޕަރު އިންޑިއާއަށް ދިނުމަށް މަސައްކަތްކުރި ވާހަކަތައްވެސް އިވިގެންދިޔަ ކަމަށް އިޝާރާތްކުރައްވާ އޭނާވަނީ އެކަންކަމާއިމެދުވެސް ރައްޔިތުންނާއި އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަމަށް ސިފަކުރައްވާފައެވެ. އެނާ ވިދާޅުވީ ރައްޔިތުންނާއި މަޝްވަރާ ކުރުމަކާއި ނުލައި ރައްޔިތުން ޒިންމާ ނަގަން ޖެހޭ ކަމެއް ސަރުކާރަށް ނުކުރެވޭނެކަމަށް ގާނޫނުއަސާސީ ބަޔާން ކުރާކަމަށެވެ.

އަބްދުލް ރަހީމްވަނީ މި ޖަލްސާގެ ތެރެއިން އިގްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލްއަށްވެސް ފާޑުކިޔުން އަމާޒު ކުރައްވާފައެވެ. އެނާ ވިދާޅުވީ، ފައްޔާޒްއަކީ އަމިއްލަ އެދުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި 5 އަހަރުގެ މުއްދަތެއް ހޭދަ ނުކުރެވުނު ބޭފުޅެއްކަމަށެވެ. އަދި އެނާ ވަނީ މަގާމު ދޫކުރައްވާ ވަޒީރުކަމަށް ވަޑައިގެންފައިކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ދައުރު އަދާ ކުރައްވާފައިކަމަށް ފާހަގަކުރައްވާ އަބްދުލް ރަހީމްވަނީ ފާސްކޮށްފައިވާ ގާނޫނު އަސާސީއާއި ހިލާފަށް އަމަލު ކުރުމަކީ ޑިމޮކްރެސީ ތޯ ސުވާލުކުރައްވާފައެވެ. އަދި އެނާވަނީ ރައީސް ސާލިހުގެ ސަރުކާރުން ޑިމޮކްރެސީ މާނަ ކުރައްވާ ގޮތާއިމެދު ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އެނާ ވަނީ ޗާގޮސް މައްސަލައިގައިވެސް މަޝްވަރާ ކުރެވިފައިނުވާކަމަށް ސިފަކުރައްވާފައެވެ. އަދި މަޝްވަރާ ކުރެވިފައިވަނީ ކޮންބަޔަކާތޯ ސުވާލު ކުރައްވާ މަޝްވަރާ ކުރަންޖެހެނީ “ބަދިގޭގައި ކައްކަން” ތިބި މީހުންނާއި ނޫންކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: