ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެރަރިޒަމްގެ ހަމަލާއެއް ދޭން އުޅުންކަމުގެ ތުހުމަތުގައި ހައްޔަރުކުރި 5 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދާކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންއެއްގެ ތެރެއިން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 5 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ކައުންޓާރ ޓެރަރިޒަމާއި، ފުލުހުން ގުޅިގެން އައްޑޫ، މާލެ އަދި ކ. ގުރައިދޫގައި އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން މި ހަފްތާގެ ކުރީކޮޅު މީޑިއާތަކާއި ހިއްސާ ކުރި އެވެ. އޭރު އިތުބާރު ހުރި މަސްދަތުރުތަކުން މައުލޫމާތު ލިބުނު ގޮތުގައި، އެ އޮޕަރޭޝަން ފެށީ ބޮމުގެ ހަމަލާއެއް ދޭން އުޅޭލަމުގެ އިންޒާރެއް ލިބުމުންނެވެ.

މި މަހުގެ 11 ގައި ފެށި އޮޕަރޭޝަނުގައި، އައްޑޫން 10 މީހަކު ހައްޔަރުކޮށް 11 ގެއެއް ބަލާ ފާސް ކުރިއެވެ. އަދި މާލެއިން 02 މީހަކު ހައްޔަރުކޮށް ގުޅުން ހުރި 04 ގެއެއް ބަލާ ފާސް ކުުރުމާއި އެކު ގުރައިދޫން ވެސް މައްސަލައިގައި 02 މީހަކު ހައްޔަރު ކުރިއެވެ.

އެގޮތުން މިހާރު މި މީހުންގެ މައްޗަށް ބަންދުގެ މުއްދަތު ޖަހާފައިވާއިރު މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 14 މީހުންގެ ތެރެއިން 18 އަހަރާއި، 33 އަހަރުގެ ދެ މީހުންގެ އިތުރުން 35 އަހަރުގެ މީހަކާއި، އަދި 46 އަހަރުގެ މީހާއަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ހައްޔަރުކުރެވުނު 19 އަހަރާއި، 27 އަހަރުގެ ދެމީހުން އަދި 28 އަހަރުގެ މީހާގެ މައްޗަށް ޖަހާފައިވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެކެވެ.

މީގެ އިތުރުން 20 އަހަރާއި 37 ދެމެދުގެ 5 މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރެވިފައިވާ މީހުންނަކީ އައްޑޫ ސިޓީގައި އޭސީ މަރާމާތުކުރާ ވިޔަފާރި ކުރާ ބައެކެވެ.

މި މީހުންނަކީ މީގެ ކުރިން ވެސް މިފަދަ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅުން ހުރި ކުށްތަކުގައި ހައްޔަރު ކުރި މީހުންކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުންނާއި ގުޅުން ހުރި ގެތައް ބަލާ ފާސް ކުރިއިރު ފެނުނު ތަކެތީގެ ތަހުލީލު މަސައްކަތް ކުރިޔަށް ދާއިރު މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވާނެ ފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށްކަމަށް މިކަމާއި ގުޅިގެން، ފުލުހުން އަދި ހޯމް މިނިސްޓްރީއިން ގުޅިގެން ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: