ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ބޮޑުކުރުމަށް ފާސްކުރި ބިލް ރައީސް ސާލިހު ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތަސްދީގުކުރައްވައިފިއެވެ.

މިހާރު މި ބިލު ވަނީ ގާނޫނެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެހެންކަމުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން  ޓޫރިޒަމާބެހޭ މިނިސްޓްރީން ހުއްދަ ލިބިގެން ހިންގާ ޓޫރިސްޓް ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޕިކްނިކް އައިލެންޑްތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޔޮޓް ބަނދަރުތަކާއި، އެނޫންވެސް އެފަދަ ތަންތަނުން ވިއްކާ މުދަލާއި ޚިދުމަތުފެ އަގުން މީގެ ކުރިން ނަގަމުން އައި 12 އިންސަތައިގެ ޓެކްސްގެ އަދަދު 16 އިންސައްތަ އަށް ބަދަލުވެގެންދާނެއެވެ.

ޓޫރިސްޓް ރިޒޯޓެއް ނުވަތަ ރިޒޯޓް ހޮޓަލެއް ނުވަތަ ހޮޓަލެއް ނުވަތަ ޓޫރިސްޓް ގެސްޓްހައުސްއެއް ނުވަތަ ޕިކްނިކް އައިލެންޑެއް ނުވަތަ ޕްރައިވެޓް އައިލެންޑެއް އެކުގައި ނުވަތަ އެއިން ތަނެއްގެ ވަކި ބައެއް ނުވަތަ ވަކި ބައިތަކެއް ނުވަތަ ވަކި ގެއެއް ނުވަތަ ކޮޓަރިއެއް ނުވަތަ ކޮޓަރިތަކެއް، ސްޓްރާޓާ އުޞޫލުން ނުވަތަ އެނޫން ގޮތަކަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، އަދި ކަނޑައެޅިފައިވާ އަގަކަށް ދޫކޮށްފައިވާނަމަ، އެ މުޢާމަލާތާ ގުޅޭގޮތުން  ޖީ.އެސް.ޓީ ހިސާބުކުރާނީ، އެގޮތުން ކަނޑައެޅިފައިވާ ޖުމްލަ އަގުގެ މައްޗަށް ބިނާކޮށްކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ރައީސް ސާލިހު މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން އާންމު ހިދުމަތްތަކުން ނަގަމުން އައި 6 އިންސައްތައިގެ ޖީއެސްޓީވެސް 8 އިންސައްތައަށް ބަދަލުވެގެންދާނެއެވެ.

މަޖިލީހުގެ ތަޅުމުން މި ބިލު ފާސްވެފައިވަނީ ވޯޓަށް އެހުމަށް ތާވަލުކުރި 3 ވަނަ ފަހަރުގައިކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލީޙުގެ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ބޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަސް ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: