ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބޮޑުކުރުމާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތަކަށް ދުރާލާ ތައްޔާރުވުމަށް މީރާއިން އެދިއްޖެ

ނޮވެންބަރު މަހު މީރާއިން 1.24 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ބޮޑުކުރުމާއި ގުޅިގެން ގެންނަންޖެހޭ ބަދަލުތަކަށް ދުރާލާ ތައްޔާރުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިލްތިމާޒްކޮށްފިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމާއި ގުޅިގެން މީރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން، 1 ޖަނަވަރީ 2023 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ރޭޓް 16 އިންސައްތަ އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ ރޭޓް 8 އިންސައްތައަށް ބަދަލުވާނެކަމަށެވެ. މީރާއިން ބުނެފައިވަނީ އެހެންކަމުން 1 ޖަނަވަރީ 2023 ނުވަތަ އެ ތާރީހުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ މުއާމަލާތްތަކުން ޖީއެސްޓީ ނަގަންޖެހޭނީ އައު ރޭޓުތަކަކުންކަމަށެވެ.

މި ބަދަލާއި ގުޅިގެން ސަމާލުވަންޖެހޭ ކަންތައްތައް ފާހަގަކޮށް މީރާއިން މައުލޫމާތު ދިން ގޮތުގައި، ރަޖިސްޓްރީކޮށްފައިވާ ފަރާތަކީ 24 ގަނޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއްކަމުގައިވާނަމަ 1 ޖެނުއަރީ 2023 ގެ 12 ގަނޑި ސުންމިނެޓުގެ ކުރިން ފޯރުވައިދޭ މުދަލާއި ހިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 12 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ 6 އިންސައްތައިގެ ރޭޓުންކަމަށެވެ. އަދި 1 ޖަނަވަރީ 2023 ގެ 12 ގަނޑި ސުންމިނެޓުގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ 16 އިންސައްތަ އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ 8 އިންސައްތައިގެ ރޭޓުންކަމަށެވެ.

މީގެ އިތުރުން މީރާގެ ބަޔާނުގައި ވަނީ އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެންކަމަށެވެ. އަދި މިކަމާއި ގުޅިގެން، 1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީއެސްޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ހިދުމަތުގައި އެ ތާރީހުން ފެށިގެން އައު ރޫޓުތައް ހިމަނަގައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރުމަށް މީރާއިން އިލްތިމާޒްކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: