ކޮންމެ ދުވަހަކު ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ކޯލިޝަްގެ ބޭފުޅުންނާއި މަޝްވަރާ ކުރަން ނުޖެހޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯލިޝަން ޕާޓްނަރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާ އެކު ބައްދަލުވުން ނުބާއްވަނީ ކީއްވެގެންތޯ އާއި ބައްދަލުވުން ބާއްވާ މަންޒަރު ނުފެންނަ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިއުވާން ވިދާޅުވީ ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއި އެކު ރައީސް ސާލިހު އާ އެކު މަޝްވަރާތައް ކުރެވި ކަންކަމުގައި ވާހަކަ ދެކެވި ލަފާއަރުވާ ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ ރައީސް ސާލިހު ކޮންމެ ދުވަހަކު ނަންގަވާ ކޮންމެ ޑިޝިސަން އަކީ ކޯލިޝަންގެ ބޭފުޅުންނާއެކު މަޝްވަރާކޮށްގެން ނަގާ ޑިޝިޒަން އަކަށް ނުވެދާނެ ކަމަށާއި އެގޮތަށް ވާކަށް ނުޖެހޭ ކަމަށެވެ. ސަބަބަކީ ރައީސަކު ރައްޔިތުން އިންތިހާބު ކުރަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށް މިއުވާން ވިދާޅުވިއެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ހެވާއި ލާބައަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނެ ކަމަށް މިއުވާން ވިދާލުވިއެވެ. މިއުވާން ވިދާޅުވި ގޮތުގައި ކޯލިޝަންގައި އެކި ސިޔާސީ ޕާޓީތައް ހިމެނޭއިރު ހިޔާލު ތަފާތު ވުންތައް ބައެއް ފަހަރު ހުންނާނެ ކަމަށެވެ. އަދި މިއަދާ ހަމައަށް ކޯލިޝަން ދެމިއޮތީ ވަރަށް ބަދަހި ކޮށް ކަމަށް މިއުވާން ވިދާޅުވިއެވެ.
ރައީސް ސާލިހަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީ ގެ އިސް ލީޑަރު ކަމަށާއި ކޯލިޝަނެއް ދެމެހެއްޓުމުގެ ގާބިލުކަން އެމަނިކުފާނުގެ ކިބައިގައި ހުރިކަން ފެނިގެންދާ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ކޯލިޝަންގެ ލީޑަރުންނާއި އެކު މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ދާ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.
ސަރުކާރުން ވެރިކަމަށް އައީ ކޯލިޝަން ނުވަތަ އިއްތިހާދެއްގެ ތެރެއިންނެވެ. އެގޮތުން ކޯލިޝަންގައި ހިމެނެނީ ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި އަދާލަތު ޕާޓީގެ އިތުރުން ވެެރިކަން ހިންގާ މައިޕާޓީ ކަަމަށް ވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އެވެ.
މި ސަރުކާރު އެކުލަވާލުމުގައި ކޯލިޝަންގެ ބައިވެރިންނަށް ސަރުކާރުގެ މަގާމްތައް ކަނޑައެޅިފައިވެއެވެ. އެގޮތުން ސަރުކާރުގެ އެކި ވުޒާރާ ތަކުގައި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީ ތަކުގެ އިސް ބޭފުޅުން ގެންދަނީ ހަރަކާތް ތެރިވަމުންނެވެ.

