ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބޮޑު ކުރީ ވިޔަފާރިވެރިންނާއި މަޝްވަރާ ކުރުމަށްފަހު: މިއުވާން

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑު ކުރުމަށް ނިންމާފައިވާ ނިންމުމާއިމެދު މަޓާޓޯއިން ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރިފައިވަނިކޮށް އެ ކަންކޮށްފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރިވެރިން އަދި މާލީ މުވައްސަސާތަކުގެ އިތުރުން ބައިނަލްއަގުވާމީ މާލީ މުވައްސަސާތަކުގެވެސް ލަފާތަކާއި އެއްގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހިރާއްޖޭގެ ޓެކްސްގެ ނިޒާމަށް ގެނެވިފައިވާ ބަދަލުތައް ގެނެވިފައިވަނީ ވިޔަފާރީގެ ސިނާއަތުގައި ޝާމިލުވާ ފަރާތްތަކާއި އެކު މަޝްވަރާތަކެއް ކުރެވިފައިވޭތޯ ނޫސްވެރިންވަނީ ސުވާލު ކޮށްފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ، ޓެކްސްގެ ނިޒާމަށް ބަދަލުތަކެއް ގެނެސްފައިވަނީ ދައުލަތުގެ ކަމާއި ގުޅޭ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި އިންޑަސްޓްރީގެ އެކި ފަރާތްތަކާއި މަޝްވަރާކުރުމަށް ފަހުކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމަށް ނިންމި ނިންމުން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ލަފާޔާ އެއް ގޮތް ވާކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ޖީއެސްޓީ ބޮޑު ކުރީ ވިޔަފާރީގެ ސިނާއަތުތަކުގެ އިތުރުން މުޅި ރާއްޖެ މެނޭޖު ކުރުމަށްކަން އެ ސިނާއަތުގައި ޝާމިލުވާ ފަރާތްތައްކުންވެސް ގަބޫލު ކުރާނެކަމަށެވެ. އަދި ޓެކްސް ބޮޑު ކުރުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެކަމަށްވެސް މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ، ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑު ކުރެވިފައިވަނީ ސަރުކާރުން ހިންގަމުންދާ ޕްރޮޖެކްޓުތަކާއި މަޝްރޫޢޫތަކުގެ އިތުރުން ފޯރުކޮށްދެމުންދާ ހިދުމަތްތައް މެދު ނުކެނޑި  ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށެވެ.

ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑު ކުރެވިފައިވަނީ ވިޔަފާރީގެ ސިނާއަތުގައި ޝާމިލުވާ ފަރާތްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު ކަމަށް މިއުވާން ވިދާޅުވީއިރު، މަޓާޓޯއިންވަނީ އެ ނިންމުމާއިމެދެ ހިތްހަަމަނުޖެހުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. މަޓާޓޯ އިން ބުނެފައިވާގޮތުން އެ ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެއެވެ. އަދި ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިވެރިންނަށްވެސް އެފަދަ ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: