ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ.ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި ސޮއިކޮށްފިއެވެ.

މިއީ  2021 ވަނަ އަހަރުގެ ޕީއެސް އައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަސައްކަތް ހަވާލުކުރެވުނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާ އެވެ. އެގޮތުން އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ނިއުޝާދު އިބްރާޙިމް އެވެ. އަދި އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަމީން މުހައްމަދެވެ.

ށ.ގޮއިދޫ ސްކޫލް 08 ކްލާސްރޫމް އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 12,291,291.70ރ (ބާރަމިލިޔަން ދެލައްކަ ނުވަދިހަ އެއްހާސް ދުއިސައްތަ ނުވަދިހަ އެއްރުފިޔާ ހަތްދިހަ ލާރި) އެވެ.

މި މަސައްކަތް ހަވާލުކުރެވުނީ  365 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: