ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަންގަވް އިން މުދައްރިސުން ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ހުށެއެޅޭނެ: އެޑިއުކޭޝަން މިނިސްޓްރީ

އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ.ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

‏މުދައްރިސުން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ތައްޔާރުކޮށްފައިވާ ޕޯޓަލް، އާއެކު ވަންގަވް އިން މުދައްރިސުން ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ހުށެއެޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މީގެ ދެއަހަރު ކުރިން ތައުލީމީ ގާނޫނަށް އަމަލު ކުރަން ފެށުމާއި ގުޅިގެން ތައުލީމި ވުޒާރާގައި ވަނީ ޓީޗަރުން ރަޖިސްޓްރީ ކުރުމަށް 5 މެންބަރުންގެ ބޯޑެއް އެކުލަވާލައިފައި ކަމަށެވެ.

އެބޯޑާއި އެކު މިހާރު މުދައްރިސުން ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ހުށައެޅޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައި ކަމަށާއި، އެ މަސައްކަތް ފަށައިގަތީ މިފެށުނު ދިރާސީ އާ އަހަރާއި އެކުގަކަމަށްވެސް މނިސްޓަރު ވިދާޅުވިއެވެ.

”ތައުލިމަކީ ދިރިއުޅުމުގެ ބިންގާ އެބިންގާ ފަރުމާ ކުރާބަޔަކީ މުދައްރިސުން “ މިިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވީ މުސްތަގުބަލުގެ ގޮންޖެހުންތަކުންނާއި، ސިނކުޑިތައް ހުޅުވާލާ މުއްސަނދި ކުރާ ބަޔަކީ މުދައްރިސުން ކަމަށްވާއިރު، އެ މުދައްރިސުން ކުރައްވާ ބުރަ މަސައްކަތް ވިސްނަވާ އެ މަސައްކަތް ބަލައިގަނެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މުދައްރިސުން ރަޖިސްޓރީކޮށް ލައިސަންސް ދިނުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.

މުދައްރިސުން ނަންގަވާ ޒިންމާއަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ ތައުލީމީ ނިޒާމަށް ބެލެނެވެރިންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް.“ މިނިސްޓަރު ވިދާޅުވިއެވެ. 

މިގޮތުން މުދައްރިސުން ރަޖިސްޓްރީ ކުރުމާއި، ލައިސަންސް ތައާރަފްކުރުމުގައި އެތައް މަގުސަދުތަކެއްވާ ކަމަށާއި، އޭގެ އެންމެ މުހިންމު މަގުސަދަކީ މުދައްރިސުން އުނގެނުމާއި އުގަންނައިިދިނުމުގެ ހުންނަ ތައުލީމީ ފެންވަރާއި، ފަންނީ ހުނަރާއި، ގާބިލުކަން ލިބިފައިވާ ބަޔަކަށް އެބޭފުޅުން ހެދުން ކަމަށެވެ. އޭގެ ސަބަބުން މުޅިތައުލީމީ ނިޒާމުގެ ފެންވަރު މަތިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ މުދައްރިސުންނަކީ އަހްލާގީ ފެންވަރު ރަނގަޅު މުޖުތަަަމައުގަބޫލު ކުރާ ބަޔަކަށް ވުމަކީވެސް އޭގެތެރޭގައި ހިމެނޭކަމެއް ކަމަށެވެ. މިގޮތަށް އަމަލުކުރެވި ބައްޓަން ކުރެވިގެންދިއުމުން އެބޭފުޅުންނާއި ހަވާލުވެފައިވާ ޒިންމާތަކަށް ޖަވާބުދާރީވާ ދަރިވަރުނާއި އޮންނަ ގުޅުންތައް ބަދަހިވެ ނަމޫނާ ނަގާނެ ބަޔަކަށް މުދައްރިސުންވެގެންދާނެ ކަމަށްވެސް މިިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: