ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލަށް މަނާތަކެތި ވެއްދުމުގައި އެހީވާ އޮފިސަރުންނާއި މެދު ގެންގުޅެނީ ޒީރޯ ޓޮލަރެންސް: ކޮމިޝަނަރު

ޕްރިޒްންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލަށް މަނާތަކެތި ވައްދާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، އެކަމުގައި ބައިވެރިވާ ޕްރިޒަންސް އޮފިސަރުންނަށް ފިޔަވަޅު އެޅުމުގައި ގެންގުޅުއްވާނީ ޒީރޯ ޓޮލަރެންސްކަމަށް ކޮމިޝަނާރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ގައިދީންނަށް އެހީތެރިކަން ފޯރުކޮށްދެނީ ކަރެކްސްޝަންސް އޮފިސަރުންކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އަދި މިގޮތަށް ތަކެތި ވެއްދުމުގައި އޮފިސަރުން ފައިސާ ނަގާކަމުގެ ވާހަކަތަކެއް ވެސް ދެކެވެ އެވެ.

ޖަލަށް މަނާތަކެތި ވެއްދުމުގައި ބައިވެރިވި ބައެއް އޮފިސަރުން ވަޒީފާއިން ވަކިކޮށް، ސަސްޕެންޑު ކުރިއިރު ދާދިފަހުން ވެސް ކަރެކްސްޝަންސާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޮފިސަރަކު މަސްތުވާތަކެއްޗާ އެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ޖަލަށް ފޯނާއި މަސްތުވާތަކެތި އަދި މަނާ ބާވަތުގެ ތަކެތި ވެއްދުމުގައި ކަރެކްޝަންގެ މުވައްޒަފުން ބައިވެރިވުން އޮތް ކަމަށް އަބަދު ވެސް ތުހުމަތުކުރެ އެވެ. ހެއްކާއި ގަރީނާ ލިބުމުން 2020 ވަނަ އަހަރު އެކަނި ވެސް ކަރެކްޝަންސްގެ 10 މުވައްޒަފަކު ވަޒީފާއިން ވަކިކުރި އެވެ. މީހުން އަތުލައިގަތީ މަސްތުވާތަކެތި ވެއްދުމުގައި އެހީތެރިވަނިކޮށް، ރެޑްހޭންޑް ކޮށެވެ.

މާފުށީ ޖަލުގެ 24 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނާރ ވަނީ ޖަލަށް މަނާތަކެތި ވެއްދުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރައްވާފަ އެވެ. ޖަލަށް މަނާތަކެތި ވައްދާ މައްސަލަ އިންތިހާއަށް ބޮޑުވެ، ލިބެމުންދާ ޝަކުވާތަކަށް އަހުމަދު ވިދާޅުވީ ޖަލު އޮފިސަރުންގެ ބައިވެރިވުން މިފަދަ ކުށްތަކުގައި ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި އަޅާނުލައި ދޫކޮށްލާނެކަމެއް ނޫންކަން ފާހަގަކޮށް އަހުމަދު ވިދަޅުވީ، އޮފިސަރުން ގައިދީންނާއި ބައިވެގެން ޖަލަށް މަނާތަކެތި ވައްދާނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެކަމަށެވެ. އަދި މައްސަލަ ބެލުމުގައި އޮންނާނީ ޒީރޯ ޓޮލަރެންސްގެ ޕޮލިސީއެއްކަމަށް ވިދާޅުވި އެވެ.

ޖަލަށް މަސްތުވާތަކެތި ވެއްދުމާއި، އަދި ފޯނުތައް ވެއްދުން އާއްމުކަމަށް ވަނީ ވެފަ އެވެ. އަދި ފަހަކަށް އައިސް، އޮފިސަރުންގެ ބައިވެރިވުން އެކަމުގައި ފާހަގަވެ ބައެއް މީހުންގެ މައްޗަށް ވަނީ ފިޔަވަޅު އަޅާފަ އެވެ.

ކުށްތަކުގެ ތުހުމަތަށް ޖަލުގައި ބަންދުކޮށްފައިވާ މީހުން އަދި، ހުކުމް އިއްވާފައިވާ މީހުން ސްކޭމް ކޯލްތައް ކުރާ މައްސަލަ ބޮޑުވެ ޖޭމަރު ހަރު ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވޭތުވެދިޔަ އަހަރު ހާޒިރީއަށާއި އެހެނިހެން ރޮނގުތަކުން ފާހަގަކޮށްލެވޭ އޮފިސަރުންނަށާއި މުވައްޒަފުންނަށް ހަނދާނީ ފިލާ އާއި ލިޔުން ވަނީ ހަވާލުކޮށްފައެވެ.

މީގެއިތުރުން ރަސްމިއްޔާތުގައި ކޮމިޝަނަރު ވަނީ ވޭތުވެދިޔަ އަހަރަށް ބަލާއިރު، މާފުށި ޖަލުގައި ކުރެވުނު ބޮޑެތި ކަންތައްތަކުގެ ތެރޭގައި ގައިދީން ރިހެބިލިޓޭޓްކުރުމަށް ފުރަތަމަ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމާއި ޤައިދީންނާއި ބަންދުމީހުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މެޑިކަލް ސެންޓަރެއް ގާއިމްކުރުމާއި އޮންލައިން ސްޕެޝަލިސްޓް ޑޮކްޓަރ ކޮންސަލްޓޭޝަން ފޯރުކޮށްދޭން ފެށުނުކަން ފާހަގަކުރައްވާފަ އެވެ. އަދި އެކި ކުށްތައް ކުރާ މީހުން ވަކިކުރުމުގެ ގޮތުން 100 މީހުންގެ ޖާގަ ހުރި ސްޕެޝަލް މެނޭޖްމަންޓް ޔުނިޓް ގާއިމުކޮށް އެ ޔުނިޓަށް މީހުން ބަދަލުކުރުމުގެ މަސައްކަތްފެށުނު ކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: