ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިމްކާޑު ދޫކުރާ އުސޫލު ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން ސިމް ކާޑު އެކްޓިވޭޓް ވާނީ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު އެނގިގެން ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

ސިމްކާޑު ވިއްކުމަށް ގެނެވުނު ބަދަލަކީ މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ނޭދެވޭ އަމަލުތައް ދުވަހުން ދުވަހަށް އިތުރުވަމުންދާތީ އެފަދަ އަމަލުތައް މަދުކުރުމަށް އަޅާ ފިޔަވެޅެއް ކަމުގައި ކޭމްއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

މި ބަދަލުތަކާއެކު، ސިމް ކާޑު ކަސްޓަމަރުންނަށް ދޫކުރުމުގެ ކުރިން ހުންނާނީ ބޭނުން ނުކުރެވޭ (ނޮން އެކްޓީވޭޓެޑް ސްޓޭޓަސް) ހާލަތުގަ އެވެ. ސިމް ކާޑު އެކްޓިވޭޓް ވާނީ، ސިމް ކާޑު ދޫކުރާ ކަސްޓަމަރުގެ ފުރިހަމަ މައުލޫމާތު ސާވިސް ޕްރޮވައިޑަރަށް ދިނުމުންނެވެ.

ސިމް ކާޑު ދޫކުރުމުގެ އުސޫލު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ތަނުގައި އިތުރު ކަންކަންވެސް ކުރުމަށް ހަމަޖެހިފައިވާ ކަމުގައި ކޭމް އިން ބުނެ އެެވެ.

ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދޭ ކުންފުނިތަކުން އަމަލުކުރަން ޖެހޭ އުސޫލުތައް ލުއިކޮށް އޮތުމުގެ ސަބަބުން ރަޖިސްޓާ ނުކޮށް ހުންނަ ސިމްތައް ބޭނުން ކޮށްގެން ސްކޭމް ކޯލް ކުރުމުގެ މައްސަލަތައް ވަނީ އާއްމުވެފަައެވެ.

މީގެ އިތުރުން މަކަރާއި ހީލަތުން އޮޅުވާލައިގެން މީހުން އަތުން ބޮޑެތި އަދަދު ތަކުން ފައިސާ ހޯދުމަށް ކުރާ ކޯލްތައް ހުއްޓުވުމަށް މަސައްކަތް ތަކެއް ކުރާ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އޮޅުވާލައިގެން ފައިސާ ހޯދަން ގުޅާ މީހުންގެ މައްސަލަ ތަހުގީގު ކުރުމުގައި ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިމްތަކުގެ ރަޖިސްޓްރޭޝަންގެ މައްސަލަތަކާއި ލިމިޓެއް ނެތި ސިމް ވިއްކުން ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: