ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީއެއް ހައްޔަރުކޮށް އޭނާ އަތުން ފައިސާ އަތުލިކަމަށް ބުނާ މައްސަލައެއް، ދައުވާ ސާބިތެއް ނުވި!

ފުލުހުން މަގުމަތީ ހަރަކާތްތެރި ވަނީ/ ފޮޓޯ: އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަށިވިއްކުމުގެ ވިޔަފާރި ކުރި ބަންގްލަދޭޝްގެ ފިރިހެނެއްގެ އަތުން ފޭރުނުކަމަށް ބުނެ ފުލުސް އޮފިސަރެއްގެ މައްޗަށް ކުރި ދައުވާތަކުން ސަލާމަތްވެއްޖެ އެވެ.

އޮފިސަރުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ 2019 ގައި އޭނާ ތަހުގީގު ކުރަމުން ދިޔަ ހަށިވިއްކުމުގެ ވިޔަފާރީގެ މައްސަލައެއްގައި ބަންގްލަދޭޝްގެ އެމްޑީ ފޭޒުލް ހައްޔަރަށް ގެންދިޔައީ ހައްޔަރު ކުރުމުގެ އިޖުރާއަތްތަކާއި ހިލާފަށް ކަމަށެވެ. އަދި އޭނާ ބަންދަށް ގެންދިއުމަށް ފަހު، ޝަރުތުތަކެއް ކުރުމަށް ފަހު ބިރު ދައްކައި އޭނާގެ އަތުން އޮފިސަރު 10،000 ރުފިޔާ ފޭރުނުކަމަށް ދައުވާގައި ވެއެވެ. މައްސަލައިގައި ވަނީ އޭނާ ބިދޭސީ މީހާއަށް ބިރު ދެއްކީ ފައިސާ ދިނުމުން ބަންދުން ދޫކޮށްލާނެކަމަށް ބުނެ ކަމަށެވެ.

އޭގެ ފަހުން އޭނާގެ އަތުން އިތުރު 20،000 ރުފިޔާ ދިނުމަށް މަޖުބޫރު ކުރުމުން ބިދޭސީ މީހާ ފައިސާ ދޭން އެއްބަސްވިކަމަށާއި އެރޭ ވަކިން އައިޖީއެމްއެޗު ކައިރިން އެމްޑީ ފޭޒުލް އާއި ބައްދަލު ކުރުމަށް ފަހު ފައިސާ ހޯދަން މަސައްކަތް ކުރިކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އަދި އަތޮޅުވެއްސަށް ގެންދިއުމަށް ފަހު، އޭނާއަކީ ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅެމުން އައި މީހެއްކަމަށާއި އަދި އޭނާ އާމްދަނީ ހޯދަނީ ބިދޭސީ އަންހެނުން ލައްވައި ހަށީ ވިއްކުމުގެ ވިޔަފާރީންކަން އެނގި ހުރެ އެއްލަކަ ރުފިޔާ ދީފިނަމަ މައްސަލަ ނިންމާލެވިދާނެކަމަށް ބުނި ކަމަށެވެ. އަތުގައި އެވަގުތު އޮތީ 10،000 ރުފިޔާކަމުން އެ އަދަދު ދެވިދާނެކަމަށް އޭނާ ބުނިކަމަށް ދައުވާގައި ވެއެވެ. މައްސަލައިގައި ފުލުސް މީހާގެ މައްޗަށް އުފުލީ ގާނޫނުލްއުގޫބާތުގެ 213 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ 210 ވަނަ މާއްދާގެ (ށ) ގެ 03 ވަނަ ނަމްބަރުގެ ދަށުން ފޭރެން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ދައުވާތައް ސާބިތު ކުރުމަށް ހުށަހެޅި ހެއްކަކީ، ބިދޭސީ މީހާ ބުރުޒު މަގުގައި ހުއްޓައި ކާރުގައި ގެސް އަތުގައި ހިފައިގެން ގެންދާ މަންޒަރެވެ. މި މައްސަލައިގައި ދައުލަތުން މައިގަނޑު ހެއްކެއްގެ ގޮތުގައި ހުށަހެޅީ ބިދޭސީ މީހާ ނަމަވެސް، ހެކި ބަސް ނެގުމުގެ މަރުހަލާ ޖެހުނު އިރު އޭނާ ރާއްޖޭގައި ނެތެވެ. އެހެންވެ އޭނާގެ ހެކިބަސް ޝަރީއަތަށް ނެގޭ ގޮތެއް ނުވި އެވެ. އަދި ފުލުހުން މައްސަލައިގެ އޮޕަރޭޝަން ފެށީ، ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު ނަމްބަރު އަތުލައި ފަހުން ގުޅާނެކަމަށް ބުނެ އެރޭ ގުޅައި 30 މިނެޓު ތެރޭގައި ދިރާގު މައި އޮފީސް ކައިރިއަށް އަންނަން ބުނުމުން އޭނާ އެކަން ރިޕޯޓު ކުރުމާއި ގުޅިގެންނެވެ. ފައިސާ އަތުލަން އުޅެނިކޮށް، އޭނާއަށް އެތަނުގައި ކުލަ ހެދުމުގައި ތިބި ދެ ފުލުހުން ފެނި އައިޖީއެމްއެޗު ހޮސްޕިޓަލަށް ވަދެގެން ދިޔަކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ. އެކަން ސާބިތު ކުރުމަށް އޮފިސަރުންގެ ހެކިބަސް ނަގާފައި ވެއެވެ. އެ މީހުންގެ ހެކި ބަހުގައި ބުނީ ދެ މީހުން އެއްކޮށް ފެނުނު ނަމަވެސް އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާ ކަމަށެވެ.

ހެކިތަކަށް ރިއާޔަތް ކުރުމަށް ފަހު، މައްސަލައިގެ ހުކުމުގައި ވަނީ ފުލުސް މީހާ އެމްޑީޕީ ފޭޒުލްގެ އަތުން 10،000 ރުފިޔާ ނުވަތަ އެއްވެސް ފައިސާގެ އަދަދެއް އަތުލިކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށެވެ.

ދައުލަތުން މައްސަލައިގައި ގިނަ ހެކިތަކެއް ހުށަހެޅި ނަމަވެސް، ފުލުސް މީހާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. އެހެންވެ ކޯޓުން ހުކުމް ކުރީ ފުލުސް މީހާގެ މައްޗަށް ދައުވާތައް ސާބިތު ނުވާކަމަށެވެ. ފުލުސް މީހާގެ މައްޗަށް ކުށް ސާބިތު ނުވީ އެކަށީގެންވާ ހެކި ދައުލަތަށް ދެއްކިފައި ނުވާތީކަމަށް ހުކުމުގައި ވެއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވީ ގާޒީ އިސްމާއިލް ޝަފީއު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: