ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތް ހިންގުމުގެ ތެރެއިން ކޮރަޕްޝަންގެ ކުޑަ އަމަލެއް ހިންގުމަށް ވެސް ނުރުހެން: ރައީސް ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ ޢަމަލުތަކަކީ، ހަމައެކަނި ވަކި މުއައްސަސާއަކުން ނުވަތަ ހަމައެކަނި ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫންކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައި ރައީސް ސާލިހު ވިދާޅުވީ، ކޮރަޕްޝަން ހުއްޓުވޭނީ މުޅި މުޖްތަމަޢާއި ވަކިވަކި ކޮންމެ ފަރުދެއް އެފަދަ އަމަލުތަކާއި ދެކޮޅަށް ތެދުވެ ގުޅިގެން މަސައްކަތްކޮށްގެންކަމަށެވެ.

ދުނިޔޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވެގޮސްފައިވާ މިންވަރަށް އަލިއަޅުއްވައި ރައީސް ސާލިހު ވިދާޅުވީ، ގައުމެއް ނުވަތަ މުޖުތަމައެއްގައި ކޮރަޕްޝަންގެ އަމަލުތައް ފެތުރިއްޖެ ހާލަތެއްގައި، އެކަމުގެ ގެއްލުން އެންމެހާ ދާއިރާތަކަށްވެސް ފޯރާނެކަމަށެވެ. އަދި އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް އެތައް ގެއްލުންތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެފަދަ އަމަލުތައް ހުއްޓުވުން ލަސްވެގެންދިއުމުން، ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުއްދުންތެރިކަމަށާއި މުޖުތަމައުގެ ހަމަޖެހުމަށް ލިބިގެންދާ ގެއްލުންތައް އިތުރުވެގެންދާކަމަށެވެ. އަދި އެފަދަ ކަންކަން ހުއްޓުވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އެފަދަ މައްސަލަތައް ރިޕޯޓުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި އެފަދަ ކަންކަން ބަލައި ތަހުގީގު ކުރުމުގެ މިނިވަންކަމާއ އިހުތިޔާރު މުވައްސަސަތަކަށް ދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ދައުލަތް ހިންގުމުގެ ތެރެއިން ކޮރަޕްޝަންގެ ކުޑަ އަމަލެއް ހިންގުމަށްވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާކަމަށެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހާ ކަންކަން ގާނޫނީ އިމުގެ ތެރެއިން ފުރިހަމަ ނަޒާހާތްތެރިކަމާއި އެކުގައި ހާމަކަން ބޮޑު ގޮތެއްގައި ހިންގުމަށް އިރުޝާދު ދެއްވާކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ދައުލަތުގެ އެއްވެސް އިދާރާއެއްގައި ކޮރަޕްޝަންގެ އަމަލަކަށް ތުހުމަތު ކުރެވޭ ފަދަ އަމަލެއް ހިނގާނަމަ، އެކަން ވީހާވެސް އަވަހަކަށް ރިޕޯޓު ކުރުމަކީ ރައްޔިތުންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، އެފަދަ އަމަލުތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެދެވޭ ނަތީޖާއެއް ހާސިލު ކުރެވޭނީ، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންކަމަށެވެ. އަދި ކޮންމެ މީހަކީ އަމިއްލަ ނަސްފުން ފެށިގެން އާއިލާ އަދި މުޖުތަމައުގައިވެސް އެފަދަ އަމަލުތަކަށް ނޫނެކޭ ބުނާނެ މީހަކަށް ވެއްޖެ ހާލަތެއްގައި ކޮރަޕްޝަންގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުން އުނދަގޫކަމަކަށް ނުވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: