ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ މީހަކީ ފާޅުގައި ފަސާދައަށް ނޫނެކޭ ބުނާ މީހަކަށް ވާންޖެހޭ: އޭސީސީ ރައީސް

ށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާދަމް ޝާމިލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހަކީވެސް ފަސާދައާ ދެކޮޅު އަދި ފަސާދައަށް ފާޅުގައި ނޫނެކޭ ބުނާ މީހަކަށް ވާންޖެހޭ ކަމަށް އެންޓި ކޮރަޕްޝަންގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަުގެ މުނާސަބަތުގައި ފޮނުވި ތަހުނިޔާ މެސެޖުގައި ޝާމިލް ވިދާޅުވީ ކޮންމެ މީހަކީ ވެސް ފަސާދައާ ދެކޮޅު މީހަކަށް ވާންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އޭސީސީގެ ހުރިހާ މުވައްޒިފުންގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ދިވެހި ރައްޔިތުންނަށް ޝާމިލް ވަނީ ފޮނުވާފައެެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަންމަތީ ދާއިމަށް ސާބިތުވެ ތިބޭ ބަޔަކަށް ވެ ތިބުމަށް ޝާމިލްގެ މެސެޖުގައި ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަސް ފާހަގަކުރަނީ 2003 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އދ ގެ ކޮންވެންޝަން އަގައިންސްޓް ކޮރަޕްޝަން އިން ފާސްކޮށް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.

މި ސަރުކާރަކީ ކޮރަޕްޝަން ނައްތާލައި، އެފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ ވައުދާއި އެކު އެވެ. ހާއްސަކޮށް ދައުލަތުގެ އިދާރާއެއްގެ ވެރިއެއްގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ އެ ބަޔަކަށް ވަގުތުން ފިޔަވަޅު އަޅައި މަގާމުން އެކަހެރި ކުރާނެކަމަށާއި، އޮޑިޓާރ ޖެނެރަލްގެ އޮފީހުން އެކުލަވާލާ ރިޕޯޓުތައް ބަލައިގަންނާނެކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވޭ އެފަދަ ތުހުމަތުތަކަށް ފިޔަވަޅެއް ނޭޅެ އެވެ.

މީގެއިތުރުން ޝާމިލް ހިމެނޭހެން ގޮތަށް، އަލަށް އައްޔަނު ކުރި އޭސީސީގެ މެމްބަރުންގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުންކަމަށް ކުރީގެ މެމްބަރުން ވަކިކޮށް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ. ނަމަވެސް އަދި މިހާތަނަށް ކޮމިޝަނަށް ހިޔާނާތުގެ މައްސަލައިގައި ހޯދުނު ކުރިއެރުމެއް ނެތެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 14%ހައިރާންވެއްޖެ 29%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: