ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީން ގޮވާލީ މަސްވެރިކަމުގެ ސިނާއަތުގެ މީހުން ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށް

މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް ގޮވާލައި ކުރި އިހުތިޖާޖެއް ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާއަތުގައި އިސްކޮށް އުޅޭ މީހުންނަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގޮވާލައިފި އެވެ.

ކޮރަޕްޝަން ނައްތާލުމަށް މަސައްކަތް ކުރުމާއި، އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ޒިންމާ އޮންނަ އެންޓި ކޮރަޕްޝަން ކޮމިޝަނުން މަސްވެރިންގެ ދުވަހު އާއްމު ކުރި ބަޔާނުގައި ބުނީ މަސްވެރިކަމުގެ ސިނާއާތުގައި އުޅޭ މީހުންނަކީ ކޮރަޕްޝަނަށް ނޫނެކޭ ބުނަކަށް ވާން ޖެހޭ ކަމަށެވެ.

މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސާދާއި ގުޅުން ހުރި މައި އެއް ތަނބުކަން ފާހަގަކޮށް އޭސީސީން ބުނީ ޒަމާނުން ފެށިގެން ދިވެހިންނަށް މަންފާ ލިބެމުން އަންނަ މަސްވެރިކަމުގެ މުހިންމު ސިނާއަތުގައި އުޅޭ އެންމެނަކީ ވެސް ނަޒާހަތްތެރިކަން އިސް ކުރާ އަދި ކޮރަޕްޝަނުގެ ނޭދެވޭ އަމަލުތަކާއި ދެކޮޅަށް އަޑުއުފުލާ ބަޔަކަށް ވުން މުހިންމު ކަމަށެވެ.

މަސްވެރިންނާއި، މި ދާއިރާގެ އެހެނިހެން މަސައްކަތުގައި ޝާމިލުވާ މީހުންނަށް ދުވަހުގެ ތަހުނިޔާ ފޮނުވިއިރު އޭސީސީން ވަނީ އިއްޔެ ފާހަގަކުރި ކޮރަޕްޝަން ނައްތާލުމުގެ ދުވަހު ވެސް ބަޔާނެއް އާއްމުކޮށް ކޮމިޝަނުން ބުނެފައި ވަނީ މުޖްތަމައުގެ ތެރޭގައި ކޮންމެ މީހަކީ ފަސާދައާއި ދެކޮޅަށް ފާޅުގައި މަސައްކަތް ކުރާ ބަޔަކަށް ވާން އެދޭ ކަމަށެވެ. އަދި މަގަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިވުމަށް ވެސް ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

މަސްވެރިކަމުގެ ސިނާއަތުގެ އިސްކޮށް ތިބޭ މީހުން ކޮރަޕްޝަނުން އެއްކިބަވުމަށް އޭސީސީން ގޮވާލިއިރު، މަސް ކުންފުނިތަކާއި ގުޅޭގޮތުން ތަފާތު އެކި ތުހުމަތުތަކެއް ކުރެވެ އެވެ. އަދި މަސް ޕްރޮސެސް ކުރުމާއި އެކަމާއި ގުޅުން ހުރި ފެކްޓްރީތައް އެޅުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކަށް މަސައްކަތް ކުރިޔަށް ނުގެންދެވި އަހަރުތަކެއް ވެފައިވާ މައްސަލައަށް އެއްވެސް ހައްލެއް ގެނެވިފައި ނުވާކަން ފާހަގަކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: