ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ މީހުންނަށް ގޯތި ދޫކުރާ އުސޫލުގެ މައްސަލަ އެންމެ ފުރަތަމަ ހައި ކޯޓަށް ނުބެލޭނެ

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓުތައް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި އެ ކޯޓަށް ނުބެލޭނެކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ ދުސްތޫރީ މައްސަލައެއް ކުރިޔަށް ގެންދިއުމުގައ ބަލަން ޖެހޭ އަސާސީ ކަމަކީ ދުސްތޫރީ މައްސަލައެއްގައި ހިމެނޭ އަސާސީ ކަންތައްތަކަކީ ކޮބައިތޯ އާއި އެ ކަންތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގައި ހައިކޯޓުން ބަލަންޖެހޭ ކަމެއްގެ އިޚްތިޞާޞްގެ ތެރޭގައި އެކަމެއް ހިމެނިގެން މެނުވީ، އެއީ ދުސްތޫރީ މައްސަލައެއްކަމަށް ވިޔަސް، ފުރަތަމަ މަރުޙަލާގައި ހައިކޯޓަށް އެމައްސަލައެއް ނުބެލޭނެކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.

ހުކުމުގައި ބުނެފައި ވަނީ ދުސްތޫރީ މައްސަލައެއް ބެލުމަށް ޤާނޫނުއަސާސީން ކޮންމެ ކޯޓަށް ބާރު ލިބިދީފައި އޮތް ނަމަވެސް އެބާރުގެ ބޭނުން ކުރެވޭނީ އެކޯޓަކަށް ގާނޫނުން އިހުތިސާސް ވެސް ލިބިދޭ ނަމަ ކަމަށެވެ. އަދި ގާނޫނީ އިސްތިލާހުގައި މައްސަލަ ބެލުމުގެ ބާރާއި އިހުތިސާސައަކީ ތަފާތު ދެ އެއްޗެއްކަމަށް ފާހަގަކުރި އެވެ. އެހެންކަމުން ގާނޫނުން ބާރު ދީފައި އޮތަސް އެކަމުގެ އިހުތިސާސަ ނެތި އަދި އެކަމެއް ނުކުރެވޭނެކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ޤާނޫނުއަސާސީގެ 311 ވަނަ މާއްދާގެ ޢިބާރާތުގައި އޮތް “އަންނަނިވި ކަންތައްތަކުގެ ތެރެއިން” ކަމަށް ބަޔާން ކުރާ ކަންތައްތައް ބަޔާން ކޮށްފައިވަނީގާނޫނުއަސާސީގެ 311 ވަނަ މާއްދާގެ (ހ) ގައިކަން ފާހަގަކޮށް ހުކުމުގައި ބުނެފައި ވަނީ އެ ގާނޫނުގައި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމައިފައިވާ ނިންމުމެއް ވިޔަސް ގާނޫނުއަސާސީއާއި ހިލާފުވާނަމަ އެ ހިލާފުވާ މިންވަރު އެއީ ބާތިލް އެއްޗެއް ނުވަތަ ބާތިލުކަމެއްގެ ގޮތުގައި ކަނޑައެޅުންކަމަށް ބުނާ ކަމަށެވެ.

ނަމަވެސް، ގާނޫނުއަސާސީގައި “ދުސްތޫރީ މައްސަލަ”އަށް ދީފައިވާ ތައުރީފާއި ގާނޫނުއަސާސީގެ 311 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ކަންތައްތަކަށް ބެލުމުން، ފާހަގަ ކުރެވޭނެ މުހިންމު ތަފާތެއް ވާކަމަށާއި އެއީ، ގާނޫނުއަސާސީގައި ބަޔާން ކުރާ “ދުސްތޫރީ މައްސަލަ” އިގެ ތައުރީފައިގައި އޮންނަ؛ “…ޤާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަ….” މި އިބާރާތް ގާނޫނުއަސާސީގެ 311 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ކަންތައްތަކުގެ ތެރޭގައި ހިމަނާފައި ނުވުންކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ. ހުކުމުގައި ބުނީ އެހެން އެކަން އޮތުމުގެ ސަބަބެއް ނުވަތަ މަގްސަދެއް ވާކަމަށެވެ.

ހައުސިން މިނިސްޓްރީން ކުރާ ކޮންމެ އިއުލާނަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ އުސޫލެއް ނެތްކަމަށް ހުކުމުގައި ވެއެވެ. ހުކުމުގައި އިތުރަށް ބުނެފައި ވަނީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއްވިޔަސް މާނަކުރާން ޖެހިއްޖެނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ ދުސްތޫރީ މައްސަލަތަކަކީ، ކޯޓުތަކާއި ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގެ

3 ވަނަ ނަންބަރުގެ ދަށުގައި ހިމެނޭ މައްސަލަތަކެވެ. އެއީ އެހެން އެއްވެސް ކޯޓެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭނެ ބާވަތުގެ ދުސްތޫރީ މައްސަލައެއް ނޫންކަމަށް ހުކުމުގައި ވެއެވެ. ހުކުމުގައި ބުނީ އެހެންކަމުން ހައިކޯޓުން ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ، އެ މައްސަލަކާ ގުޅޭގޮތުން ހައިކޯޓުން ގާނޫނުއަސާސީ މާނަ ކުރާ ކުރުމަކީ، ގާނޫނުއަސާސީގައި ބަޔާން ކުރާ ދުސްތޫރީ މައްސަލައެއް ބެލުން ކަމުގައި ނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާއެއްގެ ބައެއް މާނަ ކުރުމާގުޅޭ ގޮތުން ހުށަހެޅޭ ދުސްތޫރީ މައްސަލައަކީ ހައިކޯޓުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލައަކަށް ނުވާނެކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: