ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރު ކުރި އޭނާގެ ފިރިމީހާ ބަންދަށް 15 ދުވަސް

ނޮޅިވަރަމްގައިމަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު އަދި މި މައްސަލައިގައި ތުހުމަތުތަކެއް ކުރާ އޭނާގެ ފިރިމީހާ ފައިސަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވައި ފެނުނު ނިޝާމާގެ މަރުގެ ތުހުމަތަށް ހައްޔަރު ކުރި އޭނާގެ ފިރިމީހާ، ފައިސަލް އަލީގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ނިޔާވެފައި އޮއްވައި ފެނުނު ނިޝާމާގެ މަރުގެ މައްސަލައިގައި ސުވާލުތަކެއް އުފެދޭއިރު އާއިލާއިން އެ ތުހުމަތު ކުރަނީ ފައިސަލްގެ މައްޗަށެވެ.

އުމުރުން 28 އަހަރުގެ ނިޝާމާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ނިޔާވެފަ އެވެ. ފުލުހުން މައްސަލައިގެ ތަހުގީގު ފަށާފައިވާއިރު މިއަދުގެ ވަގުތެއްގައި ނިޝާމާގެ ހަށިގަނޑު ޕޯސްޓުމް ހެދުމަށް މާލެ ވަނީ ގެނެސްފަ އެވެ.

ނިޝާމާގެ މަރުގެ މައްސަލައިގައި މީޑިއާތަކުގައި އެކި ގޮތްގޮތަށް ވާހަކަތައް ދެކެވުނު ނަމަވެސް ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ހަމައެކަނި ބުނީ، ތަހުގީގު ކުރިޔަށް ދާ ވަރަކުން ހިއްސާ ކުރެވެން ހުރި މައުލޫމާތުތައް ދެމުން ގެންދާނެ ކަމަށެވެ.

މައްސަލައިގައި ތުހުމަތު ކުރާ، ނިޝާމާގެ ފިރިމީހާ ފައިސަލް ފުލުހަށް ދިޔަކަމަށް ވަނީ އޭނާ އަމިއްލައަށެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުތައް ކުރެވި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާތީކަމަށް ބެލެވެ އެވެ.

މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތުހުމަތު ކުރެވޭ މީހާ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަސް ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: